
މޫދުގެ އެކި ހާދިސާތަކުގައި ފަތުރުވެރިން މަރުވާ މައްސަލާގައި ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ފަރާތްތަކަކުންވެސް އެ އެކަމަށް ސަމާލުވުމަށް ސާކިއުލާގައި ވަނީ އަންގާފައެވެ.
އެގޮތުން މޫދުގެ އެކި ހަރަކާތްތައް ހިންގުމުގެ ކުރިން ރައްކާތެރިކަމުގެ އާންމު މައުލޫމާތާއި، ތަފްސީލީ މައުލޫމާތު ފަތުރުވެރިންނާ ހިއްސާކުރުމަށާއި މޫދާ ގުޅުންހުރި އެކި ހަރާތްތައް ހިންގުމުުގައި އުޅޭ މުވައްޒަފުން ތަމްރީނުކުރުމަށާއި ފަތުރުވެރިން މޫދުގައި އުޅޭއިރު އިތުރަށް ސަމާލުކަން ދިނުމަށް ސާކިއުލާފައިވަނީ އިލްތިމާސްކޮށްފައި ވެއެވެ.
އަދި ފީނުމުގެ ހަރަކާތްތަކުގައި މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިތުރަށްް ހޭލުންތެރިކުރުމާއި، ރައްކާތެރިކަމާ ގުޅުންހުރި ޓްރޭނިންތައް އާންމުކޮށް ހިންގުމަށްވެސް މިނިސްޓްރީގެ ސާކިއުލާގައިވަނީ އިލްތިމާސްކޮށްފައެވެ.
އިއްޔެއާއި މިއަދުވެސް ވަނީ މޫދުގެ ހާދިސާތަކުގައި ފަތުރުވެރިން މަރުވެފައެވެ. އެގޮތުން އިއްޔެވެސް އަދި މިއަދުވެސް މަރުފެވައިވަނީ އއ އަތޮޅުން މޫދަށް އެރުނު އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިންނެވެ.