ads
ހުސައިން ޝިފާއު
ވަގު ޓީޓީ ހެދި މައްސަލާގައި އިންޓަޕޯލްގެ އެހީ ހޯދަނީ
ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދި މައްސަލާގައި ހައްޔަރުކޮށްފައިވާ ހުސައިން ޝިފާއުގެ މައްސަލައިގެ ތަހުގީގަށް އިންޓަޕޯލްގެ އެހީ ހޯދަމުން ގެންދާކަމަށް ފުލުހުން ބުނެވިއެވެ.
Advertisement

ފުލުހުން ބުނީ ތަހުގީގަށް ލިބޭ ކުރިއެރުމަށް ބަލާއިރު ޝިފާއިގެ މަކަރުގައި ޖެހިފައިވާ ކުންފުނިތައް އިތުރުވާނެކަމަށް ބެލެވޭ ކަމަށާއި އެ ކުންފުނިތައް ހޯދުމަށް އިންޓަޕޮލްގެ އެހީތެރިކަން ހޯދަމުން ގެންދާ ކަމަށެވެ.

ފުލުހުން ކުރިނ ބުނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްހަ ނޫން ޓީޓީ ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކުރާ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ ދިވެއްސެއް ކަމަށެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އުމުރުން 37 އަހަރުގެ އެ މީހާއަކީ މއ. ހަނީސަކަލް 1 ހުސެއިން ޝިފާއުއެވެ.

ހުސެއިން ޝިފާއުއަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެގެން ކުރިން ފުލުހުން އިއުލާންވެސް ކޮށްފައިވާ މީހެކެވެ. 2021 ވަނަ އަހަރު ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ ތަރުކާރީއާ މޭވާ އެތެރެކުރާ މީހެކެވެ. މި ފަހަރު ދިމާވެގެން މިއުޅޭ ޓީޓީގެ މައްސަލައަކީވެސް އޮޅުވާލައިގެން ތަރުކާރީއާ މޭވާ އެތެރެކުރުމުގެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ. އޮޅުވާލައިގެން މީނާ ހައްދާފައިވާ ޓީޓީތަކުގެ ޖުމްލަ ތިން މިލިއަނަށްވުރެ މަތިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލައާ ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ. ފުލުހުން ބުނީ މިމައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ ތެރޭގައި އިތުރު ބަޔަކު ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް މި ފަދަ އެހެން މައްސަލަތަކެއްގެ ތަހުގީގުވެސް ހިނގަމުންދާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް