ޝާދިޔާގެ އާއިލާއަށް ބޭނުމީ އެހީތެރިކަން
ބަލި މައެއް، ބަލި ފިރިއެއް، ބަލި ދަރިއެއް، ބޭނުންވަނީ އެހީތެރިކަން
Share
ސ ހިތަދޫ އަށް އުފަން، ޝާދިޔާ ހަސަން އަކީ ބަލި މަންމައެކެވެ. ޕެރެލައިޒްވެ ބަލި އެނދުގައި އޮންނަ ސާދިޔާގެ ފިރިމީހާއަކީ ލޯފަން މީހެކެވެ. ޝާދިޔާގެ ތިބެނީ ތިން ދަރިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.
Advertisement

ޝާދިޔާގެ ފިރިމީހާ އިބްރާހިމް މޫސާ އަކީ ކުރިން މާލޭގައި ޕިކަޕް ދުއްވުމުގެ މަސައްކަތްކޮށް އުޅުނު މީހެއް ނަމަވެސް، ހާލަތު ދިމާކުރި ގޮތުން ލޮލަށް ފެނުމުން މަހުރޫމް ވިއެވެ. ލޮލުގެ އެރެޔަށް މަސް ކޮޅެއް އެރުމުން 2008 ވަނަ އަހަރު ލޭޒާ ޓްރީޓްމެންޓް ހެދި ހިސާބުން ލޮލުގެ ފެނުން ގެއްލުނެވެ.

2017 ގައި ޝާދިޔާ ފުރަތަމަ ސްޓްރޯކް ޖެހުނެވެ. އޭރުވެސް އުޅުނީ ވަރަށް ދަތި ހާލުގައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އޮތުމަށްފަހު މާލެ އަށް ގެނައީ އާއިލާ މީހެއްގެ އެހީގައެވެ. 

މާލޭގެ އައިޖީއެމްއެޗްގައި އޮތް އިރުވެސް ޝާދިޔާ އަށް ވީ ގޮތް ނޭނގުނެވެ. އެހެންކަމުން ދަރިންތައް ގޮވައިގެން ލޯފަން ފިރިމީހާ މަގުމަތީގައި ފަންޑް ފޮށްޓެއް ހިފައިގެން ސަލާން ޖަހަން ނިކުމެ އުޅެން ޖެހުނެވެ. އެގޮތުން އެއް ދުވަހު ފުލުހުންނަށް ފެނި އިބްރާހިމް މޫސާ އާއި އޭނާގެ ދަރިންތައް ޕޮލިސް ސްޓޭޝަން އަށް ގެންދިޔަކަމަށް އާއިލާއިން ބުނެއެވެ.

އެއް މަހާއި ފަނަރަ ދުވަސް ވަންދެން ހޮސްޕިޓަލްގައި އެނދުމަތި ވެފައި އޮތްފަހުން އިބްރާހިމް މޫސާގެ ރައްޓެއްސެއް ދިން ދީލަތި އެހީ އާއި ސަލާން ޖަހައިގެން ފައިސާ ކޮޅުންއިންޑިއާ އަށް ދިޔައެވެ. އެހިސާބުން ޝާދިޔާގެ ހާލަތު އެނގުނެވެ. ޝާދިޔާ އަށް ޖެހުނީ ފުލް ބޮޑީ ސްޓްރޯކް އެކެވެ. އިންޑިއާގައި ހުރުމަށްފަހު މާލެ އަށް އައީ އަނެއްކާވެސް ޝާދިޔާގެ ހާލަތު ރަނގަޅު ވަންދެން އިންޑިއާއަށް ބޭސް ފަރުވާއަށް ދާން ޖެހޭނެކަމަށް ޑޮކްޓަރު ބުނުމުންނެވެ.

އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތް ދެމަފިރިންގެ އާމްދަނީގެ ގޮތުގައި ލިބެނީ އެންސްޕާއިން ކޮންމެ މަހަކު ލިބޭ 6000 ރުފިޔާ އެކަންޏެވެ.

އެ ދެމަފިރިން އެދެނީ ތިން ކުދިންގެ މުސްތަގުބަލާއި، އުފާވެރި ދިރިއުޅުމަކަށް  އޮތް ހަމައެކަނި ގޮތަކީ ދީލަތިކަމާއިއެކު މާލީ އެހީ ފޯރުކޮށްދިނުމެވެ. އަދި މާލީ އެހީއެއް ދެވެން ނެތް ނަމަ އަވަސްވީ ގޮތަކުން މާތްﷲ ގެ ރަހުމަތުން ތަނަވަސް ކޮށްދެއްވަވާތޯ ހެޔޮދުއާ ކޮށްދިނުމެވެ.

ނޯޓް: އެހީ ފޯރުކޮށްދިނުމަށް ގުޅާނީ ސާދިޔާގެ ފިރިމީހާ އިބްރާހިމް މޫސާ

  7607740/ 7615838

ބީއެމްއެލް އެކައުންޓް ނަމްބަރު:

                 7708387078101  އިބްރާހިމް މޫސާ

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް