ads
ޔުނައިޓެޑުގެ ކުޅުންތެރިން
ރަޝްފޯޑުގެ ލަނޑާއެކު ޔުނައިޓެޑު މޮޅުވެ ކުއާޓާއަށް
ޔޫރޮޕާ ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި ސްޕެއިންގެ ރިއަލް ބެޓިސް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑު ފުރުސަތު ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ޔުނައިޓެޑުވަނީ ރިއަލް ބެޓިސް އަތުން އެއް ލަނޑު ސުން ލަނޑުން މޮޅުވެ، ދެ މެޗުގެ އެގްރިގޭޓް ފަހެއް އެކެއްގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. 

ދެވަނަ ލެގުގައި ސްޕެއިންގައި ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. މިއާއެކު ރަޝްފޯޑްވަނީ ސްޕެއިންގައި ޔުނައިޓެޑަށް ފަސް ލަނޑު ޖަހާދީފައެވެ.

މި ދެ ޓީމުގެ ފުރަތަމަ ލެގުގެ މެޗުން ޔުނައިޓެޑު މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. އެ މެޗުގައިވެސް ރަޝްފޯޑުވަނީ ލަނޑު ޖަހާފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭގެ ލަނޑާއެކު ޔޫރޮޕާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައިވެސް އުޅެނީ ރަޝްފޯޑެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް