ads
އާސެނަލްގެ ކޯޗު
ޔޫރޮޕާ ލީގު: އާސެނަލް ކަޓައިފި
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން ބަލިވެ އާސެނަލް ޔޫރޮޕާ ލީގުން ކަޓައިފިއެވެ.

އާސެނަލް ކެޓީ ޔޫރޮޕާ ލީގުން ކެޓީ ރޭ ކުޅުނު ދެވަނަ ލީގުގައި އެއްވަރުވެ ޕެނަލްޓީ ޝޫޓްއައުޓުންނެވެ. ސްޕޯޓިންއާ އާސެނަލްގެ ފުރަތަމަ ލެގުން 2-2 އިން ދެ ޓީމުވަނީ އެއްވަރުވެފައެވެ. ދެވަނަ ލެގުގައި ރޭގެ މެޗުގައި ފުރިހަމަ ވަގުތު ހަމަވީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ.

ރޭގެ މެޗުގައި ކުރިން ލަނޑު ޖަހައި ކުރި ހޯދީ އާސެނަލުންނެވެ. ގްރަނިޓް ޗަކާގެ ގޯލުން 19 ވަނަ މިނެޓުގައި ކުރި ހޯދާފައިވަނިކޮށް 62 ވަނަ މިނެޓުގައި ސްޕޯޓިންގެ ޕެޑްރޯ ގޮންގާލްވެސް އެއްވަރުކުރުމުން، ހަމަހަމަވެ އިތުރު ވަގުތު ކުޅެން ޖެހުނީ އެވެ. އިތުރު ވަގުތުވެސް އެއްވަރުވުމުން ދެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި އާސެނަލްގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އެއީ މާޓިން އޮޑެގާޑް އާއި ބުކާޔޯ ސަކާ އާއި ލެއަންޑްރޯ ޓްރޮސާޑްގެ ޕެނަލްޓީއެވެ. އެކަމަކު ހަތަރު ވަނަ ޕެނަލްޓީ ގެބްރިއަލް މާޓިނެލީ އަތުން ބޭކާރުވުމުން، އޭރު ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައި އޮތް ސްޕޯޓިން އަށް އެޑްވާންޓޭޖް ލިބުނެވެ. އަދި އެ ޓީމުން ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް