ads
ސްޕޯޓްސް އެވޯޑްސްގެ ތެރެއިން
އެއްވެސް ކުޅިވަރެއް ބާކީ ނުކުރަން: މަހްލޫފް
ހުރިހާ ކުޅިވަރެއްވެސް ޝާމިލުވާ ގޮތަށް، އެއްވެސް ކުޅިވަރެއް ބާކީނުކޮށް ހުރިހާ ކުޅިވަރަކަށް އެއް ހަމައިން މަސައްކަތްކޮށްދީފައިވާނެ ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެއްވެސް ކުޅިވަރެއް ބާކީނުކޮށް ހުރިހާ ކުޅިވަރަކަށް އެއް ހަމައިން މަސައްކަތްކޮށްދީފައިވާނެ މިނިސްޓަރު މަހްލޫފު ވިދާޅުވީ، ހުކުރު ދުވަހުގެރޭ އެކުވެނި ސިންތެޓިކް ޓްރެކްގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

ކުޅިވަރު އެވޯޑްސް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަސް އަހަރުގެ މި ދައުރަކީ ކުޅިވަރަށް ގިނަކަންކަން ކޮށްދެވުނު ދައުރެއް ކަމަށެވެ. 

މިދިޔަ އަހަރު އެކަނިވެސް ކުޅިވަރަށް ގިނަ ކަންކަން ކޮށްދެވިފައިވާކަން ފާޖަގަ ކުރައްވަމުން މަހްލޫފު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ބައިނަލްއަގްވާމީ ނުވަ މުބާރާތް ރާއްޖޭގައި ބޭއްވިފައިވާނެ ކަމަށެވެ. މިނިސްޓަރުގެ ވާހަކައިގައި ކުޅިވަރުގެ އިންފްރާސްޓަކްޗަރއަށް އެކަނި ބެލިކަމުގައިވިޔަސް މި ސަރުކާރުން ގިނަކަންކަން ކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފު ވިދާޅުވީ ސްޕޯޓްސް އެވޯޑަށް ކުޅިވަރު ކުޅުންތެރިން ކުރާ އުންމީދު ބޮޑުވެފައިވާ ކަމަށެވެ. އަދި ބައެއް ކުޅިވަރުތައް މި އެވޯޑްސްގައި ނުހިމެނޭ ސަބަބުތައްވެސް މަހްލޫފުގެ ވާހަކައިގައި ކިޔައިދެއްވިއެވެ. 

ރޭ އޮތް ކުލަގަދަ ސްޕޯޓްސް އެވޯޑްސްގައި އެކި ދާއިރާތަކުން ކުޅިވަރުގެ އެވޯޑްތައް ދީފައިވެއެވެ. މި ހަފްލާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުގައި ބައިނަލްއަގްވާމީ ކުޅިވަރުގެ ތަރިންވެސް ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް