ads
މެންބަރު އިބްރާހިމް ޝަރީފް މަވޯޓާ
އެމްޑީޕީ އަކީ ރައީސް ނަޝީދު މޮޑެން ގެންގުޅޭ ފުށްގަނޑެއް ނޫން: ޝަރީފް
އެމްޑީޕީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މޮޑެން ގެންގުޅޭ ފުށްގަނޑެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީގެ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ޝަރީފް މިއަދު ކުރެއްވި ޓްވީޓް ތަކެއްގައި އިތުރަށް ވިދާޅުވީ، އެމްޑީޕީ އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫންކަމަށާއި އަދި އެއީ ރައީސް ނަޝީދު މޮޑެން ގެންގުޅުއްވާ ފުށްގަނޑެއް ނޫންކަމަށެވެ. ޝަރީފް އެ އިޝާރާތްކުރެއްވީ، ނިމިދިޔަ ރިޔާސީ ޕްރައިމަރީ އިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިވުމާއި އެކު، "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީ ތެރޭގައި މިހާރު ހިންގަވާ ހަރަކާތަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ.

ޝަރީފްގެ ޓްވީޓްތަކުގައި އިތުރަށް ފާހަގަ ކުރައްވާފައިވަ ގޮތުގައި، ސިޔާސީ ޕާޓީތައް ހިނގަންޖެހޭނީ، އުފެދިފައިވާ ސިޔާސަތު ތަކާއި، އުސޫލުތަކާއި، އެޕާޓީ އެއް އުފެދުމަށް މެދުވެރިވާ ގަބޫލުކުރުންތަކުގެ މައްޗަަށް ކަމަށާއި، ޕާޓީތަކަށް ކުރިއެރުން ލިބޭނީ އެމަގުން ކުރިއަށް ގޮސްގެންކަމަށްވެސް ފާހަގަކުރައްވައި ފައިވެއެވެ.

އަދި އެމްޑީޕީ އަކީ ޕާޓީގެ މެމްބަރުންގެ ނިންމުމާއި އެއްގޮތަށް މަސައްކަތްކުރާ ޕްރޮފެޝަނަލްކޮށް ހިނގާ ޕާޓީއެއްގެ ސިފަ މިހާރު ފެންނަން ފަށައިފި ކަމަށާއި، އެއީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް މި ޓްވީޓްގައި ޝަރީފް ފާހަގަކުރައްވައިފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އިމްތިޔާޒް ފަހުމީ އާއި އީވާ އަބްދުﷲ މެންފަދަ ބޭފުޅުންނަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ، އެމްޑީޕީ ވަކި މީހެއްގެ ފަހަތުން އެނބުރޭ އެނބުރުން ހުއްޓުވުންކަމަށްވެސް ޝަރީފް ފާހަގަކުއްވައިފައިވެއެވެ.

ޝަރީފަކީ ރައީސް ސޯލިހާއި މިހާރުގެ ސަރުކާރަށް ވަރަަށް ބޮޑަށް ތާއީދުކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނަ ފަރާތެކެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރިޔާސަތަށް އެއްމެ ބޮޑަށް ފާޑުވިދާޅުވާ އެއްބޭފުޅަކީވެސް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް