މިއަދު ސީއެންއެމްއަށް މައުލޫމާތު ދެމުން އަޝަތު ޒޯޔާ ގެ ބައްޕަ ބުނީ ޒޯޔާ އެންމެ ފަހުން ފެނުނީ ހުކުރު ދުވަހުގެ ރޭ 7:30 ހާއިރު ގެއިން ކަމަށެވެ. ޒޯޔާ ދިރިއުޅެނީ ވިލިމާލޭގަ އެވެ.
އޭގެ ފަހުން ޒޯޔާގެ ހަބަރެއް ވެސް ނުވާކަމަށާއި، އަދި ވެސް ނުފެންނަކަމަށް އެނާގެ ބައްޕަ ބުންޏެވެ. ނަމަވެސް ހުޅުމާލޭގެ ފޭސް ދޭކަށް ދާން އޮންނަ ބުރިޖު މަތިން އެކުއްޖާ ފެނިގެން ބަޔަކު ރިޕޯޓު ކުރިކަަމަށް އޭނާގެ ބައްޕަ މިއަދު ބުންޏެވެ. އަދި އޭގެ ފަހުން އެ ކުއްޖޭގެ ސެނެޕްޗެޓް އިން ދެ ފަހަރަކު އޮންލައިން ވެގެން ލޮކޭޝަން ވެސް ލިބިފައިވާކަމަށް އާއިލާއިން ބުނެ އެވެ. އެ ލޮކޭޝަން ލިބުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ކަމަށް ވެސް ޒޯޔާގެ ބައްޕަ ބުންޏެވެ.
ޒޯޔާގެ ހޯދުމުގެ މަސައްކަތް ފުލުހުން ނުފަށާކަމަށް މިއަދު ހަވީރު ޒޯޔާ ބައްޕަ ބުނި ނަމަވެސް، ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން ރޭ 1:33 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ޒޯޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7453842 އަށް ގުޅުމަށް އޭނާގެ ބައްޕަ އެދެއެވެ.