ads
މެޑަމް ފަޒުނާ އަށް މާބޮޑިއެއް އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް
"އައި ޕްލޭ ހައުސް" ފަސްޓު ލޭޑީ ހުޅުވާދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމުދު މިއަދު ރަސްމީކޮށް "އައި ޕްލޭ ހައުސް" ހުޅުވައިދެއްވައިފި އެެވެ.
Advertisement

ފަސްޓުލޭޑީ މިތަން ހުޅުވައިދެއްވީ މިއަދު ހަވީރުކަމަށް ރައީސް އޮފީހުން ބުނެއެވެ. 

"އައި ޕްލޭ ހައުސް" އަކީ ކުޅިވަރާއި ހުނަރަށް ބިނާކޮށް އުނގެނުމުގެ ހަރަކާތްތަކުގައި ކުދިން ބައިވެރި ކުރުމަށާއި، ހާއްސަ ކޭމްޕްތައް ހިންގުމާއި، ޑްރޮޕް-އިންގެ ހިދުމަތްތައް ފޯރުކޮށްދޭތަނެކެވެ. 

މި ތަނަކީ ދޮޅު އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ތަނެއްކަމަށް 'އައި ޕްލޭހައުސް އިން ބުނެ އެވެ.

ޕްލޭ ހައުސްގެ ބޭނުމަކީ ބެލެނިވެރިންނާއި ކުޑަކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ މާހައުލެއް ބިނާކުރުމެވެ.

'އައި ޕްލޭ ހައުސް' ގައި ވަރަށް ބޮޑެތި އެޑްވާންޓޭޖްތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން އެ ތަނަކީ ގްރައުންޑް ފްލޯގައި ހުންނަތަނެއް ކަމުން މީހުންނަށް ވަދެ ނުކުމެ ހަދަން ވެސް ފަސޭހަ ވާނެ އެވެ. މީގެ އިތުރުން ބޭބީ ސިޓް ކުރުން ނުވަތަ ކުދިން ބަލަހައްޓައި ދިނުމުގެ ހިދުމަތް ވެސް މި ޕްލޭ ހައުސް އިން ފޯރުކޮށްދެ އެވެ. އެގޮތުން ބިޒީ ޝެޑިއުލްތަކުގައި އުޅޭ މީހުންނަށް އައި ޕްލޭހައުސް އަކީ އެމީހުންގެ ދަރިން ބެލެހެއްޓުމަށް ހަވާލުކުރެވޭނެ މަޖާ މާހައުލަކަށް ވާނެ އެވެ.

މި ތަން ހުޅުވިފައި ހުންނަނީ ބުރާސްފަތި، ހޮނިހިރުގައި ހެނދުނު 09:00 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 09:00 އިން 11:00 އަށް އަދި މެންދުރު ފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ. ހަފްތާގެ އެހެނިހެން ދުވަސް ދުވަހު ހެނދުނު 09:00 އިން އިރު އޮއްސި 18:00 އަށެވެ.

ދަރިންނާއެކު ކުޅެލާ މަޖާވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ބެލެނިވެރިންނަށް ވެސް އައިޕްލޭ ހައުސް ގައި އިތުރު ފީއަކާ ނުލައި ކުޅެލައި މަޖާކޮށްލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މަހުފީއަކަށް ނުވަތަ ބޭނުވާ ގަޑިއަކަށް ވަކިން ވެސް ޕެކޭޖެއް ނެގިދާނެއެވެ. އަދި މި ޕްކޭޖު ހެދުމަށް ކުރިއާލައި ބުކިން ހައްދާކަށް ނުޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް