ރާއްޖޭގައި ރަސްމީ ލެވަލްގެ މެޗެއް ނުކުޅޭތާ ހަތް މަހެއްހާ ދުވަސް ފަހުން، ކުޅޭ މި މެޗަކީ ދިހަ އަހަރު ތެރޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާނުން ކުޅޭ ފުރަތަމަ މެޗެވެ. މި މެޗަށް ތިން ދުވަހަށްވެފައިވަނިކޮށް ދިވެހި ޓީމު އިއުލާން ކުރިއިރު، ޕާކސްތާނުން އަންނަނީ ދުރާލައި މި މެޗައް ތައްޔާރުވަމުންނެވެ.
ހަތް މަހެއްހާ ދުވަސް ރާއްޖޭގައި ރަސްމީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނެތި އޮތުމަށް ފަހު ގައުމީ ޓީމު އެކުލަވާލިއިރު، އެއްވަނަ ޑިވިޝަނުގެ ޓީމުތަކުގެ ތެރެއިން ޕްރެކްޓިސް ކުރަނީވެސް މި ވަގުތު އެންމެ ދެ ޓީމެވެ.
އެއީ މާޒިޔާ އަދި އީގަލްސްއެވެ. ޕާކިސްތާން މެޗަށް ނެގި ސްކޮޑުގައި މާޒިޔާ އަށް ކުޅޭ 12 ކުޅުންތެރިންނާ ހިމެނެ އީގަލްސް އަށް ކުޅޭ ފަސް ކުޅުންތެރިން ހިމެނެ އެވެ.
ޕާކިސްތާން މެޗަށް ނެގި ރާއްޖޭގެ 23 ކުޅުންތެރިންގެ ސްކޮޑު
ކީޕަރުން:
ހުސެއިން ޝަރީފް، ހަސަން އަލީފް އިބްރާހިމް، ޔޫސުފް މީސަމް އަބްދުﷲ
ޑިފެންޑަރުން:
ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ހަސަން ޝިފާޒް (ޑުންގާ)، ޝިފާން ހަސަން (ޝިފާންޓެ)، ހުމައިދު ހުސެއިން، އަހުމަދު މާއިޝް ރަޝީދު
މިޑްފީލްޑަރުންނާއި ފޯވާޑުން:
އިބްރާހިމް އައިސަމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހަަސަން ސުފިއާނު، ނިޝާމް މުހައްމަދު ރަޝީދު، މުހައްމަދު ސަހާއު (ބޭލް)، އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އިރުފާން (އިރޭ)، ނާއިޒު ހަސަން (ދާދު)،