ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ލ. ގަމާ ވާދޫ މި މުބާރާތުގައި ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ގޯލްޑަން ފުޓްސަލް: ގަމާ ވާދޫގެ ފައިނަލް މިރޭ. މޮޅުވާނީ ކޮންބައެއް؟
މަސް ދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ފޯރިގަދަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ.
Advertisement

ރާއްޖޭގެ އެންމެ ބޮޑު އަދި މިހާރު އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ގޮތުގައި ބެލެވޭ ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ލ. ގަމާއި ގދ. ވާދޫއެވެ.

ފުރަތަމަ ސެމީން މޮޅުވި ގަން ވަނީ 2018 ވަނަ އަހަރު ފައިނަލުގައި މާފަންނު އަތުން ބަލިވެފަ އެވެ. މިއީ ގަން ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ. އަނެއްކޮޅުން ވާދޫ ފައިނަލަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ގަން ފައިނަލަށް ދިޔައީ ސެމީގައި ވަރުގަދަ ރ. އިނގުރައިދޫ އަތުން 4-1 އިން މޮޅުވެގެންނެވެ. ވާދޫ ފައިނަލަށް ދިޔައީ ސެމީގައި ކުޑަ ހުވަދޫ ޕެނަލްޓީން ބަލިކޮށްގެނެވެ. ވާދޫ އާއި ދ. ކުޑަހުވަދޫ ކުޅުނު ސެމީގެ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 4-4 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕެނަލްޓީ އަށް ފަހު ވާދޫ މޮޅުވީ 9-8 އިންނެވެ.

ވާދޫ އާއި ގަން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް