ads
ރައީސް ސޯލިހް އަދި ރައީސް މައުމޫނު
ރައީސް ސޯލިހްއާއި ރައީސް މައުމޫނުގެ ބައްދަލުވުމެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިއަދު ބައްދަލު ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދު 11:00 ގައި ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމާގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި ތިއްބެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދެ ބޭފުޅުން ބާއްވަވާ ބައްދަލުވުމެކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ކުރިން ވަނީ ރިޔާސީ އިންތިހާބުގައި ތާއީދު ދެއްވުމަށް އެދި ކޯލިޝަން ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. އެއާއިއެކު އަދާލަތު ޕާޓީން މިހާރުވަނީ ރައީސް ސޯލިހްއަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބަށް ނެރުމަށެވެ. އެޕާޓީން މިހާރުވަނީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް، ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.

ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެ ގޮތެއް ރައީސް މައުމޫނުގެ އެމްއާރުއެމުން އަދި ނުނިންމައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ. ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް