
ގަލޮޅު ޕޮލިސް ސްޓޭޝަން
ފަތުރުވެރިއެއްގެ ކޭޝްކާޑު ވަގަށްނެގި މީހަކު ހައްޔަރުކޮށްފި
ސީއެންއެމް ނިއުސް ޓީމް
20 މާރޗް 2023 - 09:43:59
މާލޭ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ އެ މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖުބަލައި މީހާ ދެނެގަތުމަށްފަހުއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާއިރު އެ ތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.
ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް