
ރައީސް ސޯލިހް އަދި ބަޓެލްކޯގެ ޗެއާމަން
ބަޓެލްކޯގެ ޗެއާމަން ރައީސް ސޯލިހްއާ ބައްދަލު ކުރައްވައިފި
ސީއެންއެމް ނިއުސް ޓީމް
20 މާރޗް 2023 - 10:11:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް، ބަހްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ)ގެ ޗެއަރމަން ޝައިހް ޢަބްދުﷲ ބިން ހަލީފާ އަލްހަލީފާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ކަންކަން ހިއްސާކުރައްވައި، އެކަންކަން ކާމިޔާބު ކުރެއްވުމުގައި، ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް