ads
ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް ސްޓެލްކޯއަށް ކުރި ޒިޔާރަތުގެ ތެރެއިން - ފޮޓޯ:ވިލާ ކޮލެޖް
ސްޓެލްކޯގެ މައުލޫމާތު ވިލާ ކޮލެޖުގެ ދަރިވަރުންނަށް ދީފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ގުޅޭ މައުލޫމާތު ވިލާ ކޮލެޖުގެ ދަރިވަރުންނަށް ދީފިއެވެ.
Advertisement

ވިލާ ކޮލެޖުން ބުނެފައިވަނީ އެ ކޮލެޖުގައި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، މެކަޓްރޮނިކްސް އެންޑް މެކޭނިކަލް ކިޔަވަމުންދާ ދަރިވަރުން ސްޓެލްކޯއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ ޒިޔާރަތުގެ ތެރެއިން ދަރިވަރުންނަށް އިލެކްޓްރިކް ޕަވަ ސިސްޓަމްތަކާއި ޓްރާންސްމިޝަން ލައިން ޕެރަމިޓަސް އަދި ސްކާޑާ ސިސްޓަމްތަކުގެ އިތުރުން ދާއިރާ އާ ގުޅުންހުރި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތު ސްޓެލްކޯގެ ފަރާތުން ދީފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.

your imageވިލާ ކޮލެޖުގެ ދަރިވަރުންތަކެއް ސްޓެލްކޯއަށް ކުރި ޒިޔާރަތުގެ ތެރެއިން - ފޮޓޯ:ވިލާ ކޮލެޖް

ސްޓެލްކޯއިން ދަނީ އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެގޮތުން މި ފަހުން ކަލާފާނު ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހެޑް އޮފީހަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަލާފާނު ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގެ ތެރެއިން އެ ކުންފުނީގެ އިންޖީނުގެ ދައްކާލާފައިވާ ކަމަށެވެ. ދަރިވަރުންނަށް އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ ހެޑް އޮފީހަށް ކަލާފާނު ސްކޫލުގެ ދަރިވަރުންތަކެއް ޒިޔާރަތް ކޮށްފައިވާއިރު، މިފަހުން ގާޒީ ސުކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހުޅުމާލެ އިންޖީނުގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނީ ގާޒީ ސުކޫލުގެ ދަރިވަރުން އެ އިންޖީނުގެއަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ދަރިވަރުންނަށް ހުޅުމާލެ އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ބެހޭ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމުގައެވެ.

މިދިޔަ މަހު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހެޑް އޮފީހަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އެ ދެ ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތްތަކުގެ ތެރެއިން އެ ދަރިވަރުންނަށް އެ ކުންފުނީގެ އިންޖީނުގެ ދައްކާލާފައިވާ ކަމުގައެވެ. ދަރިވަރުންނަށް އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ‏ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ދަރިވަރުންގެ އެ ޒިޔާރަތުގައި އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި ސްޓެލްކޯ އާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް