ads
ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހް ނިޡާމު
ފައިހް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި
ގުރޫޕު ހަދައިގެން ގޮސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ފެބްރުއަރީ 15 ވަނަ ދުވަހު ހޯދަން ފުލުހުން އިއުލާނު ކުރި އިބްރާހިމް ފައިހް ނިޒާމް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ރޭ ކޯޓު އަމުރެއްގެ ދަށުން މާލޭ ސަރަހައްދު ހައްޔަރުކޮށްފައިވަނީ ދިވެހި ފަސް ފިރިހެނުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ ފައިހް ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން އޭނާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިބްރާހީމް ފައިހް ނިޒިމާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ.

ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ފައިހް ހޯދަން އުފުލުން އިއުލާނުކުރި އިރު، ވިލިމާލޭ ފެރީޓާމިނަލް ސަރަހައްދުގައި ފެބްރުއަރީ 14 ވަނަ ދުވަހު، ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް