
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތިން މީހަކަށް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދިން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ރޭ ކޯޓު އަމުރެއްގެ ދަށުން މާލޭ ސަރަހައްދު ހައްޔަރުކޮށްފައިވަނީ ދިވެހި ފަސް ފިރިހެނުން ކަމަށެވެ.
ފުލުހުން ބުނީ ފައިހް ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން އޭނާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިބްރާހީމް ފައިހް ނިޒިމާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ.
ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ފައިހް ހޯދަން އުފުލުން އިއުލާނުކުރި އިރު، ވިލިމާލޭ ފެރީޓާމިނަލް ސަރަހައްދުގައި ފެބްރުއަރީ 14 ވަނަ ދުވަހު، ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.