ads
'ކްރޮޕް ތަކާފުލް' އަކީ ދަނޑުވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ތައާރަފުކުރެވުނު ފުރަތަމަ ޕްލޭން - ފޮޓޯ:އެލައިޑް އިންޝުއަރެންސް
ދަނޑުވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކްރޮޕް ތަކާފުލް ޕްލޭން
އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލްއިން ދަނޑުވެރިންނަށް 'ކްރޮޕް ތަކާފުލް' ގެ ނަމުގައި އިންޝުއަރެންސް ޕްލޭނެއް ތައާރަފުކޮށްފިއެވެ.

'ކްރޮޕް ތަކާފުލް' އަކީ ގުދުރަތީގޮތުން ދިމާވާ ހާދިސާތަކުގެ ސަބަބުން ދަނޑުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފުކުރެވުނު ޕްލޭނެކެވެެ.

'ކްރޮޕް ތަކާފުލް' ޕްލޭން ތައާރަފުކުރުމަށް އެލައިޑު އިންޝުއަރެންސްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ މި ޕްލޭނަކީ ދަނޑުވެރިންނާ މަޝްވަރާ ކުރުމަށްފަހު ތައާރަފުކުރި ޕްލޭނެއް ކަމަށެވެ.

ފިރުޝާން ވިދާޅުވެފައިވަނީ މި ހިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާނެ ހަމައެކަނި ފުރިހަމަކުރަންޖެހޭނީ އެ ކަމަށް ހާއްސަކުރެވިފައިވާ ފޯމު އެކަނި ކަމަށެވެ. އެލައިޑު ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅައިގެން އެ ހިދުމަތަށް އެދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ހަމައެކަނި ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުމަށް ބަދަލު ދިނުމަށް މިވަގުތަށް ހަމަޖެހިފައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި ދަނޑުވެރިންނަށް އިތުރު ކަވަރޭޖުތައް ތައާރަފުކުރާނެ ކަމަށެވެ.

އެ ޕްލޭނާ ގުޅޭގޮތުން އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވި ގޮތުގައި 'ކްރޮޕް ތަކާފުލް' ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭނުގެ މުއްދަތުގައި ގުދުރަތީ ހާދިސާއެއްގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ، ލިބުނު ގެއްލުން ދައްކައިދޭ ފޮޓޯއަކާ އެކު ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓެއް ހުށަހެޅުމުން ބަދަލު ހަމަޖެހިގެންދާނެ ކަމުގައެވެ. ބަދަލުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާ ހިމެނޭ ގޮތަށް ކަމަށް ނިޒްމާ ވިދާޅުވިއެވެ.

'ކްރޮޕް ތަކާފުލް' އަކީ ދަނޑުވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ތައާރަފުކުރެވުނު ފުރަތަމަ ޕްލޭނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް