
ރައީސް ސޯލިހް ރޭ ހުޅުމާލޭގައި އޮތް އިވެންޓަކަށް ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި، ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ދޮރުމަތިން އިދިކޮޅު ސަޕޯޓަރުންވަނީ ރައީސް ސޯލިހްގެ މޮޓޮކޭޑަށް ހުރަސް އަޅާފައެވެ.
ޝިޔާމް ރޭ ހައްޔަރުކުރީ މޮޓޯކޭޑަށް ހުރަސްއެޅުއްވުމުގެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުގައިކަމަށް ޕީޕީއެމް - ޕީއެންސީން ބުނެއެވެ.
އިދިކޮޅު ތުހުމަތުކުރަނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ގޮސް ކުއްލިއަކަށް އިހްތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި އެއީ ރޭވިގެން ހިންގި އަމަލެއްކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ދިޔަ ވަގުތަކީ އިހްތިޖާޖުގެ ބައިވެރިން އިހްތިޖާޖު ނިންމާލުމަށްފަހު، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވި ވަގުތު ކަމަށެވެ.
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ރޭ ހައްޔަރުކުރި ނަމަވެސް މިހާރުވަނީ ދޫކޮށްލާފައެވެ.