
މިމައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ބުނި ނަމަވެސް އެމްއެންޑީއެފުން އިތުރު ތަފްސީލެއް ނުދެއެވެ.
އިދިކޮޅު ތުހުމަތުކުރަނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ގޮސް ކުއްލިއަކަށް އިހްތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި އެއީ ރޭވިގެން ހިންގި އަމަލެއްކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ދިޔަ ވަގުތަކީ އިހްތިޖާޖުގެ ބައިވެރިން އިހްތިޖާޖު ނިންމާލުމަށްފަހު، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވި ވަގުތު ކަމަށެވެ.
މިމައްސަލާގައި ރޭ ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރޭ ފެނިގެން ދިޔައީ ރާއްޖޭގެ ތާރީހުގައިވެސް އަލަަށް ފެނުންު މަންޒަރެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް ސޯލިހްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށެވެ.