ads
އެމްބާޕޭ
ފްރާންސްގެ އާ ކެޕްޓަނަކީ އެމްބާޕޭ
ފްރާންސްގެ ގައުމީ ޓީމުގެ އާ ކެޕްޓަނަކީ ކީލިއަން އެމްބާޕޭ ކަމުގައި ހަމަ ޖައްސައިފި ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

އެމްބާޕޭ، ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް މި ހަމަ ޖެހުނީ ކުރިން ހުރި ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުންނެވެ. ލޮރިސްއާއެކު ހެން ސީނިއާ ކުޅުންތެރިޔާ ކަރީމް ބެންޒެމާވެސްވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 24 އަހަރުގެ އެމްބާޕޭއަށް ކެޕްޓަންކަން ދީފައިވާކަން އަންގައި، އެކަމާ ބެހޭގޮތުން އިއްޔެ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ އެމްބާޕޭއާ އެކު ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

ފްރާންސްގެ ކެޕްޓަންކަމުގައި އެންމެ ފަހުން ހުރި ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ވޯލްޑްކަޕަށް ފަހުއެވެ. 10 އަހަރަށް ވުރެ ގިނަ ދުވަހު ފްރާންސްގެ ކެޕްޓަންކަން ކުރި ލޮރިސްވަނީ ފްރާންސަށް ވޯލްޑްކަޕް ކާމިޔާބުކޮށްދީފައެވެ.

އާ ކެޕްޓަން އެމްބާޕޭ ވަނީ ފްރާންސަށް 66 މެޗު ކުޅެދީފަ އެވެ. އޭނާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ފްރާންސް ބަލިވި ނަމަވެސް އެ މެޗުގައި އެމްބާޕޭ ހެޓްރިކެއް ހެދިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް