އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:
އެ މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމުގައެވެ. މާލެ ސިޓީ ފިޔަވައި ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލަކުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުވެސް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޒަކާތް ދެއްކޭނެ ގޮތްތަކަކީ،
މިނިސްޓްރީން ބުނެފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަަށް ހާއްސަކޮށްގެން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 1:00 އަށެވެ.