ads
މާޓާ ފެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ - ފޮޓޯ:އެމްއެމްޕީއާރުސީ
ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން މާޓާގައި ބައިވެރިވެއްޖެ
މެލޭޝިއާގެ އެންމެ ބޮޑު ފަތުރުވެރިކަމާ ބެހޭ ހަރަކާތް، މާޓާ 2023 ގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބައިވެރިވެއްޖެއެވެ.
Advertisement

އެމްއެމްޕީއާރްސީން ބުނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އެ ހަރަކާތުގައި ބައިވެރިވެފައިވަނީ މެލޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން މެދުގައި މަގުބޫލުކަން އިތުރުކުރުމަށް ކަމަށެވެ.

މާޓާ 2023 އިން ފަތުރުވެރިކަމުގެ ހިދުމަތްތައްދޭ ފަރާތްތަކާއި ފޯރިގަދަ އަދި އަގުހުރި ދަތުރުފަތުރުގެ އޮޕްޝަންތަކާއި ވިޔަފާރީގެ ފުރުސަތުތަކުގެ އިތުރުން ދަތުރުވެރިންނަށް މޮޅު ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދީ، ދައްކާލުމުގެ ފުރުސަތު ލިބުނު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ އަމާޒަކަށްވީ އެ އިވެންޓުގެ ޒަރިއްޔާއިން މެލޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާއިން ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކަށް މަންޒިލުގެ ރީތިކަމާއި ލަގްޒަރީ ހިދުމަތްތައް އަދި ރާއްޖޭގެ ރައްކާތެރިކަން ޕްރޮމޯޓް ކުރުން ކަމަށެވެ.

އިވެންޓަށް ޒިޔާރަތްކުރި ފަރާތްތަކަށް އެމްއެމްޕީއާރުސީން ރާއްޖެ އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، ފަތުރުވެރިކަމުގެ ސެގްމަންޓްތަކާއި އޮފާތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި އެ އިވެންޓް ވެގެންދިޔައީ ރާއްޖެ އާ ބެހޭ ހޭލުންތެރިކަން އުފެއްދުމަށް ލިބުނު ރަނގަޅު ފުރުސަތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެމްއެމްޕީއާރުސީން ބުނީ އެ ކޯޕަރޭޝަނާ އެކު ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުވެރިކަމުގެ އިންޑަސްޓްރީތަކުގެ 11 ޕާޓްނަރުން ބައިވެރިވެ، އެފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ޕްރޮމޯޓްކޮށްފައިވާ ކަމަށެވެ.

މާޓާގައި ބައިވެރިވުމަކީ މެލޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި ޕްރޮމޯޓުކުރުމުގައި އެ ސަރަހައްދުން އެއްބާރުލުން ދޭނެ ފަރާތްތަކާ ބައްދަލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

your imageމާޓާ ފެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ - ފޮޓޯ:އެމްއެމްޕީއާރުސީ

މިއަަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދެކުނު އިރުމަތީ އޭޝިއާއިން 3،398 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މާޓާ 2023 ގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ އެ ސަރަހައްދުގައި ރާއްޖެ މާކެޓްކޮށް ޕްރޮމޯޓުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.

އެގޮތުން މޯލްޑިވްސް ރޯޑްޝޯ އިން ސައުތު އީސްޓް އޭޝިއާ ބޭއްވުމާއި ޕްރިންޓް އެޑްވަޓައިޒިން ކެމްޕެއިން އަދި މީޑިއާ ފެމިލިއަރައިޒޭޝަންގެ ދަތުރެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެއިތުރުން މި ސަރަހައްދުގައި ބާއްވާ ބޮޑެތި ފެއާތަކުގެ ތެރެއިން އެޑެކްސް އޯޝަން މިޝަން 2023، ނަޓާސް ހޮލިޑޭސް 2023 އަދި އައިޓީބީ އޭޝިއާ 2023 ބައިވެރިވެ، ރާއްޖެ ތަމްސީލުކުރުންވެސް މިއަހަރު ދެކުނު އިރުމަތީ އޭޝިއާއަށް ޓާގެޓްކޮށްގެން ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް