ads
ހ. ކޯލީފްލާވަރ، އަހުމަދު ނާޝިދު
މާލެއިން އަނެއްކާވެސް މީހަކު ގެއްލިގެން ހޯދަނީ
މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ހ. ކޯލީފްލާވަރ، އުމުރުން 46 އަހަރުގެ އަހްމަދު ނާޝިދު ކަމަށެވެ.

ނާޝީދު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

ނަޝީދު ގެއްލިގެން ހޯދާތާ މިހާރު ތިން ދުވަސް ވެފައިވާއިރު، އޭނާއަކީ މާލޭގައި ދިރިއުޅެމުންދާ މީހެކެވެ. އޭނާ އެންމެފަހުން އާއިލާއަށް ހަބަރުވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ތެރޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބޭނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް