ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނަކާއި އަންހެނެއް ކަމަށެވެ. އޭގެތެރެއިން އަންހެން މީހާއާއި ފިރިހެނަކަމަށް ކޯޓުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި އަނެއް ދެ ފިރިހެނުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން ރޭ މުޒާހަރާއި ހައްޔަރުކުރި އަނެއް 17 މީހުން ޝަރުތުތަކާއެކު ކޯޓުން ވަނީ ބަންދުން ދޫކޮށްލާފަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރައީސްގެ މޮޓޮކޭޑަށް ރޭ ހުރަސްއެޅި މައްސަލަ އެމްއެންޑީއެފުން އަންނަނީ ބަލަމުންނެވެ. އަދި މިމައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް އެމައްސަލަވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީންވެސް މިހާރުވަނީ ބަލަން ފަށާފައެވެ.