
ރައީސްގެ މޮޓޯ ކޭޑަށް ހުރަސް އަޅައިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި 10 އަންހެނުން ހިމެނެއެވެ. އޭގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން އެންމެން އެއްވެސް ޝަރުތަކާ ނުލާ ކޯޓުންވަނީ ދޫކޮށްލާފައެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ކޯޓުން މުއްދަތު ޖެހީ ހަމަ އެކަނި އަންހެނަކީ އުމުރުން 29 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހުގެ މުއްދަތަކެވެ.
ކޯޓުން ދޫކޮށްލި އަންހެނުންގެ ތެރޭގައި އުމުރުން 50 އަހަރުން މަތީގެ ދެ މީހުންނާއި، 45 އަހަރުން މަތީގެ ތިން އަންހެނުން ހިމެނެއެވެ. ދެން ހިމެނެނީ 35 އަހަރުން މަތީގެ ތިން އަންހެނުންނާއި 30 އަހަރުން ދަށުގެ ދެ އަންހެނުންނެވެ. މި މައްސަލައިގައި ކޯޓަށް ގެންދިޔަ އެންމެ ހަގު އަންހެނަކީ 20 އަހަރުގެ އަންހެނެކެވެ. އަދި އެންމެ ދޮށީ މީހަކީ އުމުރުން 55 އަހަރުގެ އަންހެނެކެވެ.
ރައީސްގެ މޮޓޮކޭޑަށް ރޭ ހުރަސްއެޅި މައްސަލަ އެމްއެންޑީއެފުން އަންނަނީ ބަލަމުންނެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީންވެސް މިހާރުވަނީ ބަލަން ފަށާފައެވެ.