ads
އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ - ފޮޓޯ:އުރީދޫ
ރޯދަ މަހު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ރޯދަ ހަދިޔާ ލިބޭނެ
ރޯދަ މަހު އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ރޯދަ ހަދިޔާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.
Advertisement

އުރީދޫގެ މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކާއި އޮފާތައް ލިބޭނެއެވެ.

ފުވައްމުލަކު ސިޓީގެ ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި އެ ކުންފުނިން މި އޮފާތައް އިއުލާނުކޮށްފައިވާއިރު، މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުގެ އިތުރުން ފުވައްމުލަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އުރީދޫން ބުނެއެވެ.

ހާއްސަ އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތާއި ބަހުރުވަ ދައްކުވައިދޭ ރޯދަ ކެމްޕެއިން ވީޑިއޯ ވެސް ދައްކާލާފައެވެ.

އުރީދޫން ބުނީ މި ކުރު ފިލްމުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގައި ކުރެވޭ ތަޖުރިބާގެ އަގު ވަޒަންކޮށް، ރަށްރަށުގެ ދިރިއުޅުން އެހެން ހަރުފަތަކަށް އަޕްގްރޭޑް ކުރުމަށް މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމަށެވެ.

"މި އަހަރުގެ މި ބަރަކާތްތެރި ރަމަޟާން މަސް، ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާތަކާއި ހަދިޔާތަކާ އެކު ފެށިގެންދާއިރު، މި އަހަރުގެ ރޯދަމަހަށް ތައްޔާރު ކުރެވިފައިވާ ކުރު ފިލްމަކީ ފުވައްމުލަކު ގެ ގުދުރަތީ ރީތިކަމާއި ސަގާފަތާއި ބަސް ދައްކުވައިދޭ އަދި މުހިންމު މެސެޖަކާ އެކު ތައްޔާރުކުރެވިފައިވާ ފިލްމެއް. އަޅުގަނޑުމެންގެ ރަމަޟާން ކެމްޕެއިން ވީޑިއޯގެ ސަބަބުން ޖަޒީރާ މުޖުތަމައުތަކުގެ އެއްބައިވަންތަކަން އިތުރުވެ އަޅުގަނޑުމެންގެ ރީތި ރަށްތަކުގެ ކުރިއެރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން. އުރީދޫ މޯލްޑިވްސްއިން އަބަދުވެސް ދެމި ތިބޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީ، މުޖުތަމައުތަކުގެ އިޖުތިމާއީ އަދި އިގުތިސޯދީ ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގައި،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

your imageއުރީދޫގެ ރޯދަ ހަދިޔާ އޮފާތައް އިއުލާނުކޮށްފައިވަނީ ފުވައްމުލަކު ސިޓީގެ ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި - ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން ރޯދަ މަހަށް ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނެނީ:

ހަދިޔާ ފޮށި:

  • މި ރޯދަ މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ
  • އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެ
  • ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ގޭމް ކުޅެވޭނެ
  • ހަދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާއެއް ލިބިގެންދާނެ
  • ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ
  • ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަދިޔާ ފޮށި ކުޅެލުމަށް އުރީދޫ އެޕް ޑައުންލޯޑްކޮށްލާ: http://ore.do/app

ރޯދަ ހަދިޔާ:

  • ރޯދަ މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރޯދަ މަހުގެ ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ 5ޖީބީ ޑޭޓާގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ
  • އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 6 ޖީބީ ޑޭޓާ ލިބޭއިރު އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެ
  • މި ޕެކްތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކްތަކެއް
  • އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މި ޕެކްތައް އެކްޓިވޭޓް ކުރެވޭނެ: http://ore.do/app 

ސައޫދީގައި ތިބޭ އާއިލާ އާއި ރައްޓެހިންނާ ގުޅާލުމަށް ހާއްސަ ސައުދީ އައިޑީޑީ ޕެކް:

  • އުރީދޫ ޕާސްޕޯޓާ އެކު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގެ އައިޑީޑީ ރޭޓްތަކާ އެކު މި ރޯދަ މަހު ސައޫދީ އަރަބިއްޔާގައި ތިބޭ އާއިލާ އާއި ރަހުމަތްތެރިންނާ ގުޅުން ބަދަހިކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެ
  • އުރީދޫ ޕާސްޕޯޓް ސިމް އެކްޓިވޭޓް ކުރުމަށް އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްލާ

your imageއުރީދޫގެ ރޯދަ ހަދިޔާ އޮފާތައް އިއުލާނުކޮށްފައިވަނީ ފުވައްމުލަކު ސިޓީގެ ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި - ފޮޓޯ:އުރީދޫ

ފިތުރު ޒަކާތް:

  • އެހެން އަހަރުތަކެކޭ އެއްފަދައިން، ކޮންމެ ތަނަކުންވެސް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައި
  • އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑްކޮށްލާ
  • އެމް-ފައިސާގެ ހިދުމަތްތަކާއި އޮފާތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫން މަރުހަބާ ކިޔާ
  • މީގެއިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭނެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް #909* އަށް ޑައަލްކޮށްލާ

ނަމާދު އެލާޓް:

  • މި ރޯދަ މަހުވެސް ނަމާދު އެލާޓް ހިދުމަތް މެދުވެރިކޮށް ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ
  • އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލާޓް އެކްޓިވޭޓްކޮށްލުމުން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން ނަމާދު އެލާޓް އެސްއެމްއެސްއެއް ގޮތުގައި މުޅިން ހިލޭ ހޯދުމަށް "GO" ޖެހުމަށްފަހު 4777 އަށް އެސްއެމްއެސް ކޮށްލާ

އެމް-ފައިސާއިން ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދައްކާލުމުން ދެ އިންސައްތަ އާ ހަމައަށް ފައިސާ އަނބުރާ ވޮލެޓަށް:

  • އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެމް-ފައިސާ ބަލައިގަންނަ ހުރިހާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މުޅި ރޯދަ މަހުގެ ތެރޭގައި ފައިސާ ދައްކާ ކޮންމެ ފަހަރަކު ފައިސާ ދައްކާ އަދަދުގެ ދެ އިންސައްތަ އާ ހަމައަށް ފައިސާ އަނބުރާ ވޮލެޓަށް ލިބޭނެ

އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކެއް ހަދިޔާކުރުން:

  • ރޯދަ މަހަކީ އޯގާތެރިކަން އިތުރު ކުރަންވީ މަހެއް ކަމުން، މި ރޯދަ މަހު މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ
  • ހަދިޔާ ކުރާ ޕެކްތައް ހަދިޔާ ކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެމްއެމްޑަބްލިއުއެމްއިން ބިދޭސީ މަސައްކަތްތެރިންނާ ހަވާލުކުރާނެ
  • ހަދިޔާކުރާ އިފްތާރު ޕެކްތަކުގައި ރޯދަ މަހު ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ގޮތުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ހިމެނޭނެ

ރޯދަ މަހު އުރީދޫ ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާތަކުގެ މައުލޫމާތާއި މި އޮފާތަކުގައި ބައިވެރިވުމުގެ ފުރުސަތު ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި އޮފާތަކާ ބެހޭ މައުލޫމާތު ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުރީދޫ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް