ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވާހަކަދައްކަވަނީ - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯއިން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެން: ޝަރީފް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
Advertisement

ޝަރީފު މިހެން ވިދާޅުވެފައިވަނީ އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން ޓްރެއިނިން ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން ޓްރެއިނިން އަކީ ވަރަށް މުހިންމު ޓްރެއިނިންއެއް ކަމަށާއި ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވެފައިވަނީ މީހުން ބިނާ ކުރުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށާއި ލިބިފައިވާ އެންމެ ބޮޑު ރައުސުލްމާލަކީ އެއީ ކަމަށެވެ. ސްޓެލްކޯގެ ލީޑަޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފު ވިދާޅުވި ގޮތުގައި މިފަދަ ޓްރެއިނިންތަކުގެ ބޭނުމަކީ ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން އެ ރަށެއްގެ މާހައުލަކަށް ފެތޭ ގޮތަށް ސިކުނޑި އާއި ލޯ ހުޅުވާލަދީ ކަންކަމަށް މަގުފަހިކުރުމާ އެކު، ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުން ކަމުގައެވެ.

"ސަބަބަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ފަދައިން، މީހުން ބިނާ ކުރުމަކީ މުހިންމުކަމެއް. އަޅުގަނޑުމެންނަށް ލިބިފައިވާ މީހުންނަކީ، އެންމެ ބޮޑު އެއް ރައުސުލްމާލު އަދި މީހުން ބިނާކޮށްގެން މެނުވީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ. އެހެންވީމަ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެން ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް، މިފަދަ ޓްރެއިނިންތައް ހިންގައިގެން މި އަދާކުރެވެނީ،" ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން ސްޓެލްކޯގެ މެނޭޖަރުން ވާން ޖެހޭނީ ރަށު ފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަން ޖެހޭ ބަޔަކަށް ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފު ވިދާޅުވި ގޮތުގައި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެން ޖެހޭނެ ކަމުގައެވެ.

މީހުން ބިނާކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ޓެކްނިކަލް އިންޗާޖުންނާއި ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮންނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ހިންގުމަށް މަސައްކަތް ކުރަމުން ގެންދާ ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ޓްރެއިނިންތަކެއް ހިންގުމަށް ރާވަމުންދާ ކަަމަށެވެ.

އުކުޅަހުގައި ކުރިއަށް ގެންދިޔަ ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން ޓްރެއިނިންގައި އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ 31 މީހަކު ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް