
ގައިސް މިއަދު އެޗްޑީސީގެ އެމްޑީ އާތިފްއާ އެކު
އެޗްޑީސީގެ ޑެޕިއުޓީ އެމްޑީގެ މަގާމަށް ގައިސް
ސީއެންއެމް ނިއުސް ޓީމް
22 މާރޗް 2023 - 11:40:39
ހައުސިންން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް މިއަދު އައްޔަން ކުރައްވައިފި އެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސް ކަމުގެ މަގާމުންނާއި، ބްރޯޑްކޮމްގެ މެމްބަރުކަމުން ގައިސް އިސްތިއުފާ ދެއްވީ ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި ބައިވެރިވުމަށް ޖެނުއަރީ 8 ވަނަ ދުވަހުއެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްކަމަށް ގައިސް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ.
ގައިސް ވަނީ ޖެނުއަރީ 28 ގައި އޮތް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހްގެ ޓީމާއެކު އިސްކޮށް ހަރަކާތްތެރިވެފައެވެ.
އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް ގައިސް އައްޔަން ކުރެއވިއިރު، އެމަގާމުގައި އެންމެ ފަހުން ހުންނެވީ އެކުންފުނީގެ މިހާރުގެ އެމްޑީ އަހުމަދު އާތިފް އެވެ. އާތިފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް