ads
ސްޓޭން އަދި އަބްދު
އަބްދު އާއި ސްޓޭންގެ ތަޅާފޮޅުން ދެން ނުހުއްޓޭނެ
އިންޑިއާގެ ބޮލީވުޑުގެ މަޝްހޫރު ރިއަލިޓީ ސީރީޒް 'ބިގް ބޮސް' ގެ ދެ ތަރިން ކަމަށްވާ އަބްދުއް ރޮޒިގް އަދި މަޝްހޫރު ރެޕް ލަވަކިއުންތެރިއާ މެކް ސްޓޭންއާއި އޭނާގެ ސަޕޯޓަރުން ފަށާފައިވާ ޒުވާބާއި ދެބަސްވުންތައް ދެން ދުވަހަކުވެސް ނުހުއްޓޭނެކަމަށް އިންޑިއާގެ ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނަންފަށައިފިއެވެ.
Advertisement

މި ދެމީހުންނާއި ދެ މީހުންގެ ފޭނުން އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކޮށް ބަހުގެ ހަމަލާ ބަދަލުކުރަމުން އަންނައިރު އެ ދެމީހުންގެ ފޭނުންގެ ޒުވާބުގެ ތެރެއަށް މިހާރު ވަނީ އަބްދު ވެސް ވަދެފައެވެ. 

އަބްދު އެެންމެ ފަހުން ވަނީ ސްޓޭންގެ ފޭނުން އޭނާއާއި ދިމާލަށް ކިޔާފައިވާ ހަޑިހުތުރު އެއްޗެހީގެ ސްކްރީން ޝޮޓުތައް ޝެއާކޮށްފައެވެ. އެ ސްކްރީން ޝޮޓުތަކުގައި ފޭނުން ދައްކާފައިވާ ވާހަކަތަކަކީ 'ނަސްލީ ތަފާތުކުރުން' ތަކަށް ބާރުދޭ ވާހަކަތަކެއް ކަމަށް އަބްދުއާއި އޭނާގެ ފޭނުން ތުހުމަތުކުރެއެވެ. 

ސްކްރީންޝޮޓްގައި އޭނާ ވަނީ ސްޓެންގެ އެންމެ ބޮޑު އެއް ސަޕޯޓަރު އަދި މެންޓަރު ކަމަށްވާ އެމިވޭ ބަންޓައި ވެސް ޓެގްކޮށްފަ އެވެ.

މި މައްސަލައިގެ ތެރެއަށް އަބްދު ވަނުމާއެކު މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެެވެ. ނަމަވެސް އަބްދުގެ ވާހަކަތަކަށް ސްޓޭން އަދި މިފަހުން ޖަވާބެއް ނުދެއެވެ. ނަމަވެސް ސްޓޭންގެ ފޭނުން އަންނަނީ އަބްދުއް ވަރަށް ހަޑިހުތުރު އެއްޗެހި ކިޔަމުންނެނެވެ. 

އަބްދު އާއި ސްޓޭން މައްސަލަ ޖެހުނީ ކީއްވެ؟

"ބިގް ބޮސް 16" ގެ ހިންމު ބައެއްގެ ގޮތުގައި އަބްދު އްރޮޒިކް އާއި މެކް ސްޓެން ފެނިގެންދިޔައެވެ.  މި ދެމީހުން މައްސަލަ ޖެހުނީ އަބްދުގެ ލަވަ "ޕިޔާރު" ކަމު ނުދާކަމަށް ސްޓޭން ބުނަން ފެށުމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ތާޖިކް ލަވަކިޔުންތެރިޔާ އަބްދު ވަރަށް ބޮޑަށް ދެރަވާ މައްސަލައެކެވެ.

އަނެއް ބަޔަކު ބުނެފައި ވަނީ ސްޓެން އަކީ އިންޓްރޮވާޓް މީހެއް ކަމަށާއި މާ ބޮޑަށް އިޖުތިމާއީ ގުޅުން ހިންގާ މީހެއް ނޫން ކަމަށެވެ. ޕާޓީތަކާއި ގެޓް ޓުގޭޑްތަކުން ވެސް ފެންނަ މީހެއް ނޫނެވެ. މިހާތަނަށް އޭނާ ދިޔައީ ހަމައެކަނި ފަރާ ހާންގެ ކުންދަރުގެ ބާޝް އާއި ޚާރުގައި އެންޑެމޯލް އިން ހޯސްޓްކުރި ޕާޓީއަކަށް އެކަންޏެވެ. މިހެންކަމުން އަބްދުގެ ލަވަތަކަށް އޭނާ ސޯޝަލް މީޑިއާގައި ރިއެކްޓު ނުކުރުމަކީ އޭނާގެ ގޮތްކަމަށް ވެސް އެމީހުން ދެކެއެވެ. 

14%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް