
އިސްތަފާ އިބްރާހިމް މަނިކު
އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ
ސީއެންއެމް ނިއުސް ޓީމް
22 މާރޗް 2023 - 13:25:19
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަލުގެ އިސް ވެރިޔާގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އިބްރާހީމް މުހައްމަދު މަނިކު (އިސްތަފާ އިބްރާހީމް މަނިކު) މިއަދު އަވަހާރަވެއްޖެއެވެ.
ގ އޯކަމް އިބްރާހިމް މަނިކު އަވަހާރަވީ އާސްލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.
އިބްރާހިމް މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 83 އަހަރެވެ. އިބްރާހިމް މަނިކުގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިއަދު މަގްރިބް ނަމާދަށް ފަހު އާސަހަރާގައެވެ.
ޖަލުގެ ވެރިއަކަށް ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އިބްރާހިމް މަނިކުވަނީ ޑިފެންސް މިނިސްޓްރީގެ ބައެއް މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް