ފުލުހުން ބުނީ ގދ މަޑަވެލީގައި އަންހެނަކު މަގުމަތީ ދަމާ، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މަޑަވެލީ ކޯޓުން މިއަދު މުއްދަތު ޖަހާފައިވާ ކަމަށެވެ.
މިމައްސަލާގައި އިއްޔެ ފުލުހުން ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ފިރިހެނަކު އަންހެނެއްގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އަދި މަޑުކޮށްފައި އަންހެން މީހާގެ ގައިގައި ތަޅާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ފަހަތުން ބަޔަކު އެހެން ނުހެދުމަށް އެދެމުން އަންނަނިކޮށް، އަނިޔާ ހުއްޓުވީ އެތަނަށް ދިޔަ ފިރިހެނެކެވެ.
މައުލޫމާތު ލިބޭގޮތުގައި، އަންހެން މީހާއަކީ މަޑަވެލީގައި އުޅޭ އުތުރު ރަށެއްގެ މީހެކެވެ.