ads
ރޮނާލްޑޯ އަދި މެސީ
ރޮނާލްޑޯ އާ ރެކޯޑާކާ ދިމާލަަށް، މެސީ އުޅެނީ މާ ފަހަތުގައި
ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ތައްޔާރުވެއްޖެއެވެ.

ޔޫރޯ 2024 ކޮލިފައިންފައި ޕޯޗުގަލްއާ، ލިޗެސްޓައިން މިރޭ ކުޅޭ މެޗުން ރޮނާލްޑޯއަށް ފުރުސަތު ލިބިއްޖެނަމަ، ރޮނާލްޑޯ ވެގެންދާނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށެވެ. 

މިހާތަނަށް ރޮނާލްޑޯވަނީ ގައުމީ ޓީމަށް 196 މެޗު ކުޅެފައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން، އެންމެ ގިނަ މެޗު ކުޅުނު ދެ ކުޅުންތެރިންގެ ގޮތުގައި ރޮނާލްޑޯއާއެކު ދެން ހުރި ކުޅުންތެރިއަކީ ރޮނާލްޑޯއާ އެއް އުމުރުގެ ކުވޭތުގެ ބަދެތު އަލް-މުތާވާ އެވެ. 

ރޮނާލްޑޯވެސް، ކުވޭތުގެ ބަދެތު އަލް-މުތާވާ ވެސް ގައުމީ ޓީމަށް ކުޅެން ފެށީ 2003 ގައެވެ. މިރޭގެ މެޗުގައި ރޮނާލްޑޯއަށް އެ ރިކޯޑް މުގުރާލައި 197 މެޗު ހަމަ ކުރެވޭނެއެވެ. 

ގައުމީ ޓީމަށް މިހާތަނަށް 196 މެޗު ރޮނާލްޑޯ ކުޅެފައިވާއިރު، ވާދަވެރި މެސީ އުޅެނީ މާ ފަހަތުގައެވެ. މެސީ ގައުމީ ޓީމަށް ކުޅެފައިވަނީ 172 މެޗެވެ. 

ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑްވެސް އޮތީ ރޮނާލްޑޯ އަތުގައެވެ. ރޮނާލްޑޯވަނީ ޕޯޗުގަލް އަށް 118 ގޯލު ޖަހައިދީފައެވެ. 

79%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް