
ރޯދަ މަހާ އެކު، ސްޓެލްކޯއިން އިދާރީ ހިދުމަތްތައް ދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައި - ފޮޓޯ:ސްޓެލްކޯ
ރޯދަމަހު ސްޓެލްކޯއިން ހިދުމަތް ފޯރުކޮށްދޭ ގަޑިއަށް ބަދަލު ގެނެސްފި
މުހައްމަދު އަތީފް
24 މާރޗް 2023 - 17:19:54
ރޯދަ މަހާ އެކު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިދާރީ ހިދުމަތްތައް ދޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ސްޓެލްކޯއިން އިދާރީ ހިދުމަތްތައް ދެމުން ގެންދާ ގަޑިތަކަށް ރޯދަ މަހާ ގުޅިގެން ބަދަލު ގެނައިކަން ހާމަކޮށް އެ ކުންފުނިން ބުނެފައިވަނީ،
- ސޭލްސް ސެންޓަރު ހުޅުވިފައި ހުންނާނީ އާދިއްތަ - ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:30 އަށް. އަދި ރޭގަނޑު 09:00 އިން ފެށިގެން 11:00 އަށް
- ރިސެޕްޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭނީ އާދިއްތަ - ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:30 އަށް
- ކަސްޓަމާ ސާވިސް ކައުންޓަރުން ހިދުމަތް ދޭނީ އާދިއްތަ - ބުރާސްފަތި ދުވަހުގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 01:15 އަށް
ސްޓެލްކޯއިން ބުނެފައިވަނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ހަފުތާ ބަންދުތަކުގައި އެ ކުންފުނިން ފޯރުކޮށްދޭ އިދާރީ ހިދުމަތްތައް ނުލިބޭނެ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނިން ދެމުން ގެންދާ އެކްސްޕްރެސް ސާވިސްގެ ހިދުމަތް މި މުއްދަތުގައި ނުލިބޭނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ރިސެޕްޝަން ނަންބަރު 3320982 އަށް ގުޅުމަށާއި ބިލާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 3314949 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް