
ގާނޫނު ހަދާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިއްޔެ ރާހުލްގެ މައްޗަށް ކުށް ސާބިތުވި ހިސާބުން ފެށިގެން ކޮލްޝަބާގެ އޭނާގެ މަގާމު ގެއްލިފައިވާ ކަމަށެވެ. ރާހުލްއަކީ އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރެވެ.
ރާހުލްގެ މައްޗަށް ކުށް ސާބިތުވެ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވީ، އިންޑިއާގެ ބޮޑެތި ވަގުން އަދި ކޮރަޕްޓް މީހުންގެ ގޮތުގައި މަޝްހޫރު، ނިރާވް މޯދީ، ލަލިތް މޯދީ ފަދަ މީހުންގެ ނަން ގެނެސް ބޮޑެތި ވަގުންގެ ފަހަތަށް މޯދީ އަންނަނީ ކީއްވެތޯ، ސުވާލުކޮށް އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ކެމްޕެއިން ހަރަކާތުގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
ނަމަވެސް މިމައްސަލަ ކޯޓަށް ހުށަހެޅީ، ގާނޫނު ހަދާމަޖިލީހުގެ މެމްބަރެއްކަމަށްވާ ޕްރްނޭޝް މޯދީއެވެ.
ޕްރްނޭޝް މޯދީ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރާހުލްގެ ވާހަކައިގެ ސަބަބުން މޯދީ ކިޔަ ހުރިހާ އެންމެންގެ އަބުރަށް އަރާގެންފައިވާ ކަމަށެވެ.