
މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްގީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.
ނައިބު ރައީސް ފައިސަލް ނަސީމު މިހާރު އައްޑޫ ސިޓީގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ވަނީ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައެވެ.
ދެ ފަންގިފިލާ ހިމެނޭ މި އައްޑޫ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނޭ ގޮތަށް ތަރައްގީކުރާ އިސްލާމީ މަރުކަޒެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއުގެ އަގަކީ 55.5 މިލިއަން ރުފިޔާއެވެ.
މިއީ ސަރުކާރުގެ ބަޖެޓުން ހިންގާ މަޝްރޫއެކެވެ.