މެގަސްޓާ އަމީތާބް ބައްޗަން ހުކުރު ދުވަހު ބުނީ މި މަހުގެ ކުރީކޮޅު އޮން ސެޓް އަނިޔާއިން ރަނގަޅުވަމުން ދިޔަ ނަމަވެސް އޭނާ އަލުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަސައްކަތުގެ ޝެޑިއުލްތައް ހަދައިގެން އަނެއްކާވެސް ޗާޓްތައް ފުރަން ފަށާފައިވާކަމަށެވެ. ސަބަބަކީ މަސައްކަތަށް ވުރެ ރަނގަޅު ކުޅިވަރެއް ނެތުމުން ކަމަށްވެސް އަމީތާބު އޭނާގެ ބުލޮގުގައި ބުނެފައިވެއެވެ.
މާޗް މަހުގެ ފަސް ވަނަ ދުވަހު އޭނާގެ ބްލޮގުގައި ކުރި ޕޯސްޓުގައި އޭނާގެ ކުރިއަށް އޮތް ފިލްމު ޕްރޮޖެކްޓް "ކޭ" ގެ ހައިދަރުއާބާދު ސެޓްގައި އެކްޝަން ސީކުއެންސެއް ޝޫޓް ކުރަމުން ދަނިކޮށް އަނިޔާވެފައިވާ ކަމަށެވެ.
އެގޮތުން މޭކަށިގަނޑު ފަޅައިގެން ގޮސް، ކަނާތު މޭކަށިތަކުގެ މަސްގަނޑު އިރައިގެން ގޮސްފައިވާކަމަށް އޭނާ ބުންޏެވެ.