
މިމައްސަލާގައި ރޭ ހައްޔަރުކޮށްފައިވަނީ ފިރިހެނެކެވެ. މިމައްސަލާގައި މީގެ ކުރިންވެސް ހަތަރު މީހަކު ހައްޔަރުކޮށް މުއްދަތު ޖަހާފައި ވެއެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.
އިދިކޮޅު ތުހުމަތުކުރަނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ގޮސް ކުއްލިއަކަށް އިހްތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި އެއީ ރޭވިގެން ހިންގި އަމަލެއްކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ދިޔަ ވަގުތަކީ އިހްތިޖާޖުގެ ބައިވެރިން އިހްތިޖާޖު ނިންމާލުމަށްފަހު، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވި ވަގުތު ކަމަށެވެ.
ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ، އެމްއެންޑީއެފުން ބަލަމުން އަންނަ އިރު އެމައްސަލާގައި ފުލުހުންވެސް އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ހިދުމަތްތަކަ ބެހޭ ކޮމެޓީންވެސް މައްސަލަ އަންނަނީ ބަލަމުންނެވެ.
އެމްއެންޑީއެފުން މައްސަލަ ބަލަމުން ގެންދާއިރު ރައީސްގެ ސެކިއުރިޓި ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މިހާރު ސަސްޕެންޑްކޮށްފައެވެ. އަދި ރައީސްގެ ސެކިއުރިޓީ ކޮމާންޑަރުކަމަށް ވަގުތީގޮތުން މޭޖަ އިބްރާހިމް ހަލީމް އައްޔަންކޮށްފައިވާ ކަމަށެވެ.