
ޝަރުމާގެ ކޮށްކޮ އޭނާގެ އެކުވެރިއެއްގެ އެހީއާކު އޭނާގެ އަންހެނުން މަރާލި މަންޒަރު އެގޭގައި ގެންގުޅޭ ގުރައަކަށް ފެނުނެވެ.
އެ މަންޒަރު ފެނުނު ގުރާ ޝަރުމާގެ ކޮއްކޮގެ ނަމުން ހަޅޭއްލަވަން ފެށިއެވެ. ގުރައިގެ ރުއިމުގެ އަޑު އިވުމުން ވިޖޭ ޝަރްމާއަށް ޝައްކުވެ، ކޮއްކޮއާ ސުވާލު ކުރުމަށް ފުލުހުންގެ ކިބައިން އެދުނެވެ.
ކޮއްކޮ އަޝޫ ވަނީ އޭނާގެ އެކުވެރިޔާ ރޮނީ މެސީގެ އެހީގައި ނީލަމް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.
މި ގަތުލުގެ ނުވަ އަހަރު ފަހުން، ސްޕެޝަލް ގާޒީ މުހައްމަދު ރަޝީދު ވަނީ ދައުވާ ލިބޭ ދެ މީހުން ކަމަށްވާ އާޝޫ އާއި ރޮނީ ވެސް އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ވިޖޭ ޝަރްމާ އޭނާގެ ގެއިން ނުކުތީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު، އޭނާގެ ދަރިފުޅު ރާޖޭޝް އާއި އަންހެން ދަރިފުޅު ނިވެދީތާއާ އެކު ފިރޯޒާބާދުގައި ބޭއްވި ކައިވެންޏެއްގައި ބައިވެރިވުމަށެވެ.
އޭނާގެ އަންހެނުން މަރާލުމަށް ކޮށްކޮ ރާވާފައިވަނީ އެވަގުތާ ދިމާކޮށެވެ.