
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް،
- ދައުލަތަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފައި
- ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 5.6 ބިލިއަން ރުފިޔާ
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
- ޓީޖީއެސްޓީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވޭ
- ބީޕީޓީގެ ގޮތުގައި 1.5 ބިލިއަން ލިބުނު
- ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 824.5 މިލިއަން ރުފިޔާ ލިބިފައިވޭ
- ޖީއެސްޓީގެ ގޮތުގައި 797.1 މިލިއަން ރުފިޔާ ލިބުނު
- އިމްޕޯޓް ޑިއުޓީގެ ގޮތުގައި 690.1 މިލިއަން ރުފިޔާ ލިބިފައިވޭ
ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
- އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 205.1 މިލިއަން ރުފިޔާ ލިބުނު
- ރިސޯޓުތަކުން ކުލީގެ ގޮތުގައި 138.3 މިލިއަން ރުފިޔާ ލިބިފައިވޭ
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.