
ބެންގަލޫރަކީ ރިއަލް އެސްޓޭޓް ވިޔަފާރީގައި އިންޑިއާގެ އެންމެ ޑިމާންޓްބޮޑު އެއް ސިޓީއެވެ. އެ ސިޓީން ކުއްޔަށް ދޭން ހުރި ތަންނަތަށް ވުރެ، ކުއްޔަށް ހިފަން ބޭނުންވާ މީހުންގެ އަދަދު ގިނަކަމުން ކުލީ އެޕާޓްމަންޓްތަކުގެ ޑިމާންޑް އުޅެނީ ވަރަށް ބޮޑުކޮށެވެ.
އެގޮތުން ކުއްޔަށް ހިފާ މީހުންނާ ޓެނެންޓުން ނުވަތަ ތަނުގެ ވެރިފަރާތުން ބޮޑެތި އިންޓިވިއުތައްކޮށް، ފާސްވެގެން ނޫނީ ބައެއް ތަންތަން ކުއްޔަށް ހިފަންވެސް ބެންގަލޫރުން ނުލިބެއެވެ.
މި ޒުވަނާއަށްވެސް ދިމާވީ މިކަހަލަ ކަމެކެވެ. އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައި ބުނީ، ގުގުލް އިންޓަވިއުން ފާސްވެ ގުގުލްއިން ވަޒީފާ ލިބުނު ނަމަވެސް ބެންގަލޫރުގެ ލޭންޑް ލޯޑުންގެ އިންޓަވިއުން ފާސް ނުވުމުގެ ސަބަބުން ކުއްޔަށް ހިފާނެ ތަނެއް ނުލިބި މަގުމަތިވެފައިވަ ކަމަށެވެ. އަދި އެކަމުގައި އެހީތެރިވުމަށް އޭނާ އެދިފައި ވެއެވެ.
އިންޑިއާގެ އައިޓީ ބަހްގެ ގޮތުގައި މަޝްހޫރު ބެންގަލޫރަކީ ދިރިއުޅުމުގެ ހަރަދުތައްވެސް ބޮޑު ސިޓީއެކެވެ. އެ ސިޓީގެ އާބާދީގައި 12 މިލިއަނަށް ވުރެ ގިނަ މީހުން އުޅެއެވެ.