ads
ރައީސްގެ މޮޓޮކޭޑަށް ހުރަސްއެޅުން
މޮޓޮކޭޑަށް ހުރަސް އެޅުން: އައްބާސްގެ ބަންދަށް ފަސް ދުވަސް ޖަހައިފި
މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުމާލޭގައި އޮތް އިވެންޓަކަށް ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި، ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ދޮރުމަތިން އިދިކޮޅު ސަޕޯޓަރުން ރައީސް ސޯލިހްގެ މޮޓޮކޭޑަށް ހުރަސްއެޅި މައްސަލަގައި، އިއްޔެ ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު އައްބާސްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

އައްބާސްގެ ބަންދަށް ހުޅުމާލޭ ކޯޓުން ފަސް ދުވަސް ޖެހިއިރު މިމައްސަލާގައި މީގެ ކުރިންވެސް ހަތަރު މީހަކު ހައްޔަރުކޮށް މުއްދަތު ޖަހާފައި ވެއެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

އިދިކޮޅު ތުހުމަތުކުރަނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ގޮސް ކުއްލިއަކަށް އިހްތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި އެއީ ރޭވިގެން ހިންގި އަމަލެއްކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ދިޔަ ވަގުތަކީ އިހްތިޖާޖުގެ ބައިވެރިން އިހްތިޖާޖު ނިންމާލުމަށްފަހު، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވި ވަގުތު ކަމަށެވެ.

ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ، އެމްއެންޑީއެފުން ބަލަމުން އަންނަ އިރު އެމައްސަލާގައި ފުލުހުންވެސް އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ހިދުމަތްތަކަ ބެހޭ ކޮމެޓީންވެސް މައްސަލަ އަންނަނީ ބަލަމުންނެވެ. 

އެމްއެންޑީއެފުން މައްސަލަ ބަލަމުން ގެންދާއިރު ރައީސްގެ ސެކިއުރިޓި ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މިހާރު ސަސްޕެންޑްކޮށްފައެވެ. އަދި ރައީސްގެ ސެކިއުރިޓީ ކޮމާންޑަރުކަމަށް ވަގުތީގޮތުން މޭޖަ އިބްރާހިމް ހަލީމް އައްޔަންކޮށްފައިވާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް