ads
ރޯދަ މަހު ކާން ރަނގަޅު ފަސް ކާނާ
ރޯދަ މަހު ކާން ރަނގަޅު ފަސް ކާނާ
ރޯދަ މަހަކީ މުޅި ދުނިޔޭގައި ތިބި މުސްލިމުންނަށް އެންމެ މާތް މަހެވެ. މި މާތް މައްސަރުގައި މުސްލިމުން ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ރޯދަ ހިފާ، ކާނާއާއި ދިޔާއެއްޗެހި ބުއިމުން ދުރުހެލިވެ ތިބެއެވެ.
Advertisement

މެދުއިރުމަތީގައި އަދި އޭޝިއާގައި އާންމުކޮށް 10 ގަޑިއިރާއި 14 ގަޑިއިރާއި ދެމެދުގެ ކޮންމެ ތަނެއްގައި ވެސް ރޯދަ ހިފައެވެ. ރޯދަ ދެމެހެއްޓެނިވި އަދި ފަސޭހަ ކޮށްދޭނެ އެއް ގޮތަކީ ރޯދަ ނުހިފާ ގަޑިތަކުގައި ސިއްހަތަށް ފައިދާހުރި، މާއްދާތައް ގިނަ، ފުރިހަމަ ކާނާ ކެއުމެވެ.

ރޯދަ ހިފުމަކީ ދީނީ ސަބަބުތަކާ ހުރެ ކުރާ ކަމެއް ކަމުގައި ވިޔަސް، އެކަމާ ގުޅިގެން ސާބިތުވެފައިވާ ސިއްހީ ފައިދާތައް ވަރަށް ގިނަ އެވެ. އެއީ ހަމައެކަނި އިމްޕަލްސް ކޮންޓްރޯލް ކުރުމާއި އަހުލާގަށް އެހީތެރިވެދޭ އެއްޗެއް ނޫނެވެ. ރޯދަ އަކީ ކޮގްނިޓިވް ޕާފޯމަންސް ތޫނުކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، މެޓަބޮލިކް ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ.

މިއީ ރޯދަ ނޫން ގަޑިތަކުގައި (ހާއްސަކޮށް ރޯދަ ވިއްލާ ވަގުތާ ހާރު ދަމުގައި) ބޭނުންކުރެވިދާނެ ބައެއް ކާނާތަކުގެ ސަބަބުން ހަށިގަނޑަށް ތެޔޮ ޖަހައިދީ، ބަނޑުހައިހޫނުކަމާއި ކަރުހިއްކުމުގެ ދިގު ގަޑިތަކަށް ރަނގަޅަށް ތައްޔާރުކުރެވޭނެ ކާނާތަކެކެވެ.

ކަދުރު:

މިއީ ރޯދަވިއްލުމަށް ރަނަގަޅު ބާވަތެކެވެ. ކަދުރަކީ ހަކަތަގެ ބާރުގަދަ މޭވާއެކެވެ. އެއީ ހަމައެކަނި ގުދުރަތީ ހަކުރުގެ މުއްސަނދި މަސްދަރެއް ނޫނެވެ. ރޯދަ މަހު ރަނގަޅު ސިއްހަތެއް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ މުހިއްމު ބައެއް ވިޓަމިންސް، އަދި ޕޮޓޭސިއަމް، މެގްނީޒިއަމް، އަދި ދަގަނޑު ހިމެނޭ މިނަރަލްސް ވެސް ހިމެނޭ އެއްޗެކެވެ. 

your imageކަދުރު

ލީން ޕްރޮޓީންސް:

ލީން ޕްރޮޓީންސް އަކީ ބަނޑުހައިހޫނުކަމުގެ އެ ދަތްއެޅުމުގެ އިހުސާސް ނުކުރެވޭނެ ގޮތް ހެދުމަށް މުހިއްމު އެއްޗެކެވެ. ރޯދަ މަހު ކެއުމުގައި މަސް، ގްރީކް ޔޯގަޓް، ކުކުޅު، ކޮޓެޖް ޗީޒް، ބިސް ފަދަ ލީން ޕްރޮޓީންތައް ހިމެނުން މުހިންމެވެ. ޕްރޮޓީންސް އަކީ ޓިޝޫތައް ބިނާކުރުމާއި މަރާމާތުކުރުމުގެ އިތުރުން ދުޅަހެޔޮ މަސްތައް ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމުން ވަރުބަލިކަމެއް ނުވަތަ ސްޓްރަންގް އައުޓް އެއް ނެތި ދުވަސް ހޭދަކުރެވޭނެ އެވެ.

your imageރޯސްޓެޑް ޗިކަން

ގޮވާމުގެ ބާވަތްތައް:

ބްރައުން ރައިސް، ކިނޯއާ އަދި ހޯލް ވީޓް ފަދަ ހޯލް ގްރޭންސް އަކީ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ތަކެއް ކަމުން މަޑުމަޑުން ހަކަތަ ދޫކޮށްލާއިރު، ގިނަ ވަގުތުތަކެއް ވަންދެން ހަށިގަނޑުގައި ހަކަތަ ދަމަހައްޓައެވެ. 

ހާރުދަމު ތަރުކާރީ އާއި ކޮންމެވެސް ވަރަކަށް ޕްރޮޓީން އާއި އެކު ބްރައުން ރައިސް/ކިނޯއާ އިން އެކުލެވޭ ބެލެންސްޑް ކެއުމަކުން ބަނޑުހައިހޫނުކަމުގެ މިންވަރު ސްޓޭބަލް ކުރުމަށް ރަނގަޅުކޮށްދެއެވެ. ހަޖަމުކުރުމުގެ ނިޒާމު ރެގިއުލޭޓް ކުރުމުގެ އިތުރުން ލޭގައި ހަކުރުގެ މިންވަރު ދެމެހެއްޓުމަށް އެހީތެރިވެދޭ ފައިބަރު ވެސް އެކުލެވިގެންވެ އެވެ.

your imageކަށިކެޔޮ ބަތް އަދި ދިވެހި ބައެއް ކާނާ

މޭވާއާއި ތަރުކާރީ:

އެއްވެސް ޑައިޓެއް ސިއްހަތަށް ފައިދާހުރި މޭވާއާއި ތަރުކާރީ އެއްކޮށްލުމެއް ނެތި ފުރިހަމައެއް ނުވެއެވެ. ރޯދަމަހު ރޯދަ ހިފުމުގެ ދިގު ގަޑިތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އާއި ޕްރޮޓީންސްގެ މުހިއްމު މަސްދަރުތައް ގެއްލިދާނެ އެވެ. ހަށިގަނޑަށް ތަކުލީފު ނުލިބޭނެ އެއް ގޮތަކީ ޕްރީ އަދި ޕޯސްޓް ފާސްޓް ކެއުމުގައި ފުޅާ ދާއިރާއެއްގައި މޭވާ އާއި ތަރުކާރީ ހިމަނައިގެންނެވެ. މޭވާއާއި ތަރުކާރީއަކީ ވިޓަމިން އޭ، ސީ އަދި ކޭ، އަދި ފޮލޭޓް ފަދަ މުހިއްމު ވިޓަމިންތަކާއި މިނަރަލްސްގެ މޮޅު މަސްދަރުތަކެކެވެ.

ރޯދަ މަހު ކިއުކަމްބާ އާއި ކުކުޅު ފަދަ ފެން ގިނައިން ހުންނަ މޭވާ އާއި ތަރުކާރީ ކެއުމަށް ޔަގީން ކުރައްވާށެވެ. އަދި ލޭގެ ޕްރެޝަރު ރެގިއުލޭޓްކޮށް ހަށިގަނޑަށް ވިޓަމިންސް އާއި ފޮލިކް އެސިޑް އިތުރުކޮށްދޭ ފަތް ގިނަ ފެހި ބާވަތްތައް ކަމަށްވާ ސްޕިނެޗް، ސްވިސް ޗާޑް، ލެޓިއުސް، ކެލޭ ފަދަ ތަކެތި ސްޓޮކް ކޮށްލާށެވެ. ހިކި މޭވާއާއި ފިޔާ، އަލްމަންޑް އަދި ކަޝްމީރު ފަދަ ނާޓްސް އަކީ ޕްރޮޓީން ގިނައިން ހުންނަ އެއްޗަކަށް ވާއިރު، ލޭގައި ގްލޫކޯޒްގެ މިންވަރު ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.

your imageމޭވާ އާއި ތަރުކާރީ

ކާށިފެން:

ރޯދަ ނުހިފާ ގަޑިތަކުގައި ގިނަ އަދަދަކަށް ފެން ބުއިން މުހިންމެވެ. ކާށިފެން ބުއިމަކީ ސިއްހީ ގޮތުން އެތައް ފައިދާތަކެއް ލިބޭ އެއްޗެކެވެ.

your imageމީހަކު 5 ކާށި ހިފައިގެން 

 ކާށިފެން ފުރިހަމައަށް ފުރިފައި ހުންނަނީ އިލެކްޓްރޯލައިޓްސް އިންނެވެ.  މިއީ ހަށިގަނޑަށް ގެއްލިފައިވާ ނިއުޓްރިއެންޓްސް ހޯދުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. އެއީ ހައިޑްރޭޓް ވެފައިވާ ކަމުގެ އިހުސާސް ކުރެވޭ އަދި ޕޮޓޭސިއަމް އިންތިހާއަށް ގިނައިން ހުންނަ އެއްޗެކެވެ. ކެލޮރީ އާއި ހަކުރު ގިނައިން ހުންނަ އެހެން މޭވާގެ ޖޫސްތަކާއި ފިޒީ ޑްރިންކްތަކާ އަޅާބަލާއިރު ކާށިފެނަކީ ކަރުހިއްކުން ނައްތާލުމަށް އެހީތެރިވެދޭނެ މޮޅު ބުއިމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް