މޯލްޑިވިއަނުން ކޮޗިން އާއި ޓްރިވެންޑްރަމް ޓިކެޓުން ބޮޑު ޑިސްކައުންޓެއް
މުހައްމަދު އަތީފް
26 މާރޗް 2023 - 19:15:37
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުން ބޮޑު ޑިސްކައުންޓެއް ލިބޭ ފެއާއެއް ފަށައިފިއެވެ.
ނިމިދިޔަ ބުރާސްފަތި ދުވަހު ފެށި މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ޕްރޮމޯޝަނުގެ ދަށުން ނަގާ ޓިކެޓުތަކަށް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރެވޭނެއެވެ. މި ޕްރޮމޯޝަނުގެ ދަށުން،
- ކޮޗިންއަށް ކުރާ ދެކޮޅު ދަތުރުގެ ޓިކެޓެއްގެ އަގަކީ 216 ޑޮލަރު (3،330 ރުފިޔާ)، ކުރިން ދެކޮޅު ދަތުރަށް 400 ޑޮލަރު (6،168 ރުފިޔާ) ހޭދަވޭ
- ޓްރިވެންޑްރަމް ޓިކެޓުގެ އަގު ވަނީ 232 ޑޮލަރު (3,577 ރުފިޔާ) އަށް ހެޔޮކޮށްފައި، ކުރިން ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގަކީ 500 ޑޮލަރު (7،710 ރުފިޔާ)
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގަމުން އަންނަ މޯލްޑިވިއަނުން ދަތުރުތައް ކުރަމުން އަންނަނީ ކޮޗިން އާއި ޓްރިވެންޑްރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަށެވެ. އެ އެއާލައިނުން ދަނީ އިންޑިއާގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ.
މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ދުރު މަންޒިލްތަކަށް ފްލައިޓުތައް ތައާރަފު ކުރުމަށް އެ އެއާލައިނުން ދަނީ އިތުރު އެއާބަސް ބޯޓެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް