ads
ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ބެލެވިފައި - ފޮޓޯ:އަވަސް
ތިން މަހުން ފަތުރުވެރިންގެ އަދަދު ބައި މިލިއަނާ ގާތަށް
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ބެލެވިއްޖެއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން:

މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 483,624 ފަތުރުވެރިން ރާއްޖެއަށް އަށް ޒިޔާރަތްކޮށްފައިވޭ

  • ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 394,204 ފަތުރުވެރިން
  • މިދިޔަ އަހަރާ އަޅާބަލާއިރު މިއީ 22.7 އިންސައްތައިގެ ކުރިއެރުމެއް

ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 133,210 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 113,428 ފަތުރުވެރިންނެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 59,987 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 12.4 އިންސައްތަ)
  • އިންޑިއާ - 52،276 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.8 އިންސައްތަ)
  • އިނގިރޭސިވިލާތް - 44،839 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.3 އިންސައްތަ)
  • އިޓަލީ - 43،267 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.9 އިންސައްތަ)
  • ޖަރުމަނުވިލާތް - 33،756 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.0 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަލޭންޑް އަދި ޕޮލޭންޑުންނެވެެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5,898  ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،229 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 169 ރިސޯޓާއި 13 ހޮޓަލާއި 894 ގެސްޓްހައުސްގެ 153 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 60،382 އެނދު އޮޕަރޭޓްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް