ads
އަމްރު ރައީސް ނަޝީދު އަރިހުގައި ހުވަދޫއަށް ފުރާވަޑައިގަތުމުގެ ކުރިން
ރައީސް ނަޝީދު އަމްރު އަށް ތައުރީފް ކުރައްވައިފި
ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީ ތަކެއް ހޯދައިފައި ވާކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު، އިއްޔެ މަގާމުން ވަކިކުރި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރުއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
Advertisement

ރައީސް ނަޝީދު އަމްރު އަށް ތައުރީފް ކުރައްވާފައިމިވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުނުކުރާ ފަރާތްތަައް ސަރުކާރުގެ މަގާމްތަކުން ދުރުކުރަން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނިކޮށް، އެސްޓީއޯގެ މަގާމްތަކުން އަމްރު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ގެ ފަރާތުން ޕީސީބީ އަށް ފޮނުއްވާ، އަދި ޕީސީބީ އިން އެސްޓީއޯގެ މަގާމްތަކުން އަމްރު ވަކިކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާއި އަޅާކިޔާލުމުން، ފާއިތުވެދިޔަ ހަތަރު އަހަރަކީ އެސްޓީއޯގެ ނަތީޖާ ރަގަޅުއަހަރުތަކެއް ކަން ފެންނަން އޮންނާނެކަމަށެވެ. އަދި ކުންފުނީގެ ފައިދާ ބޮޑުކޮށް، ދިވެހި ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓިކަމަށާއި، ކޮވިޑްގެ ހާލަތުގައި ވެސް ދިވެހިން ކާޑަށްނުޖެހި ހިފަހައްޓައިދިނީ އެސްޓީއޯގައި އަމްރު ހުންނަވައިގެން ކުރެއްވި މަސައްކަތުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އަމްރުއަށް ތައުރީފްކުރައްވާ ވާހަކަދެއްކެވިއިރު، އަމްރު ސަރުކާރުން ކަނޑައަޅާފައި ހުރި މަގާމެއްގައި ހުންނަވައިގެން، ސަރުކާރުގެ ސިޔާސަތުތަކައި ދެކޮޅު އަދި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓްއިންނާއި އެކު ސިޔާސީ މަސައްކަތް ކުރައްވާތީވެ، ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެމްބަރުން އަދި އާއްމު ންގެ ފަރާތްތަކުން ވަރަށްބޮޑަށް ފާޑުކިޔާފައިވާ ކަން ފާހަގަކުރެވެއެވެ. އަދި ހަމައެހެންމެ، ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ފަރާތްތައް، އެމީހުން އައްޔަނުކޮށްފައި ތިބި މަގާމްތަކުން ވަކިކޮށްފިނަމަ، ރައީސް ނަޝީދު ނިސްބަތްވާ ފިކުރެއްގެ ދިރުމުގެ ފަރާތުން، ސަރުކާރާއި ދެކޮޅު މަގުމަތީ ހަރަކާތް ފައްޓަންޖެހިދާނެކަމުގެ އިންޒާރު، ރައީސް ނަޝީދު ދެއްވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އެމަނިކުފާނުގެ އެއްމެ ގާތް ރަހުމަތްތެރިޔާ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތައް ބޮޑުވެ، އެއްމެފަހުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ރަޢިސް ނަޝީދާއި އިތުރަށް ކުރަންޖެހޭ މަޝްވަރާއެއް ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވަރަށް ފަހުން ވިދާޅުވެފައިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް