
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން:
- އިއްޔެގެ ނިޔަލަށް 500,597 ފަތުރުވެރިން ރާއްޖެއަށް އަށް ޒިޔާރަތްކޮށްފައިވޭ
- ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 409،426 ފަތުރުވެރިން
- މިދިޔަ އަހަރާ އަޅާބަލާއިރު މިއީ 22.3 އިންސައްތައިގެ ކުރިއެރުމެއް
ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް 150,183 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 128,650 ފަތުރުވެރިންނެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ރަޝިއާ - 60,590 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 12.1 އިންސައްތަ)
- އިންޑިއާ - 52,734 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.5 އިންސައްތަ)
- އިނގިރޭސިވިލާތް - 45,545 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.1 އިންސައްތަ)
- އިޓަލީ - 43,869 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.8 އިންސައްތަ)
- ޖަރުމަނުވިލާތް - 34,516 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.9 އިންސައްތަ)
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަލޭންޑް އަދި ޕޮލޭންޑުންނެވެެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، އިއްޔެގެ ނިޔަލަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,501 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،229 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 169 ރިސޯޓާއި 13 ހޮޓަލާއި 894 ގެސްޓްހައުސްގެ 153 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 60،382 އެނދު އޮޕަރޭޓްކުރެއެވެ.