
މިއީ ފާއިތުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަލްމާން ހާން އަށް މަރުގެ އިންޒާރު ދިން ދެ ވަނަ ފަހަރެވެ. މީގެ ހަފްތާއެއް ކުރިން ވެސް ސަލްމާން ހާން އަށް މަރުގެ އިންޒާރު ދިނުމުގެ ސަބަބުން އިންޑިއާ ފުލުހުން ވަނީ އޭނައަށް ދެމުން އަންނަ ސެކުއިރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ.
"ސިދޫ މޫސޭވާލާ ގޮތަށް ކަލޭވެސް ނިމިގެންދާނެ،" ކަމަށް ސަލްމާން ހާން އަށް މިއަދު ދިން އިންޒާރުގެ މެސެޖުގައި ބުނެފައިވެއެވެ.
އެ އިންޒާރު ދީފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށާ، އިންޒާރު ދީފައިވަނި އިންޑިއާގެ މަޝްހޫރު ރެޕް ލަވަކުއިންތެރިއާ މަރައިލި ގުންޑާ ބިޝޯނީ އާ ގުޅުން އޮންނަ ބައެއްކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑާާގެ ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިއާ ސިދޫ މޫސޭ ވާލާ ގަޔަށް ބަޑިޖަހައި މަރާލައިފި ވަނީ 2022 ވަނަ އަހަރުގެ މޭ މަހުއެވެ.
އޭނާ މައިރިލިކަމަށް ތުހުމަތުވާ ބިޝޯނީ ޖަލަށް ލާފައި ވީނަމަވެސް، އެނާ އަންނަނީ ފިލްމީ ތަރި ސަލްމާން ހާން މަރައިލުމަށް މަސައްކަތް ކުރަމުންނެވެ.
ލޯރެންސް ބިޝޯނީއަކީ އިންޑިއާގެ ގޭންގެއް ގިންގާ ގުންޑާއެކެވެ. އަދި އޭނާ ވަނީ 'ހަމް ސާތުސާތު ހޭ' ކުޅުނު ދުވަސްވަރު ސަލްމާން ހާން ފުއްލާއެއް މައިރިލި މައްސަލައިގައި، ސަލްމާން ހާން މަރައިލާނެކަމަށް ބުނެ އޭނާ ވަނީ ފާޅުގައި އިންޒާރު ދީފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ސަލްމާން ހާން މަރައިލަން ސްނައިޕަރެއް ވެސް ބިޝޯނީ ފޮނުވިކަމަށް ހަބަރުތައް ފެތުރެއެވެ. އިންޑިއާ ސަރުކާރުން ވަނީ ސަލްމާން ހާން އަށް ފިސްތޯލް ގެންގުޅުމުގެ ހުއްދަ ވެސް ދީފައެވެ.
ސިދޫ މޫސޭވަލާ މަރައިލި ނުރައްކާތެރި ގުންޑާ ގޯލްޑީ ބްރާރް އަކީ ވެސް ބިޝޯނީ އަށް މަސައްކަތްކުރާ މީހެއްކަމަށްބެލެވެއެވެ.
ސަލްމާން ހާން އަށް މިއަދު އަނެއްކާވެސް މަރުގެ އިންޒާރު ދީފައިވާއިރު މިއަދަކީ ސަލްމާންއަށް މިދިޔަ ހަފްތާގެ ތެރޭގައި އިންޒާރުގެ މެސެޖުފޮނުވި މީހާ ބަންދުކުރަން ކޯޓުން އަމުރުވެސް ކުރި ދުވަހެވެ.