ads
ސަލްމާން ހާން
ސަލްމާން ހާން އަށް ފޮނުވި ނުރައްކާތެރި އިންޒާރުގެ ސިޓީ ހާމަކޮށްފި
އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިއުންތެރިއާ ސިދޫ މޫސޭވަލާ މަރައިލި ނުރައްކާތެރި ގުންޑާ ގޯލްޑީ ބްރާރް، ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ހާންއަށް އަށް ފޮނުވި އިންޒާރުގެ ސިޓީގައި އޮތް ވާހަކަތައް ސަލްމާންގެ ގާތް ރަހުމަތްތެރިއެއް ހާމަކޮށްފިއެވެ.

އެ ސިޓީއާއެކު ސަލްމާން ހާން އަށް ދެމުން ގެންދިޔަ ސެކިއުރިޓީ ވެސް ވަނީ އިންޑިއާ ސަރުކާރުން މަތިކޮށްފައެވެ. 

އެ ސިޓީގައި ވަނީ "ލޯރެންސް ބިޝޯނީ  ސަލްމާން ހާން އާއި ބައްދަލުކޮށްލަން ބޭނުންވާކަމަށް" ކަމަށް ސަލްމާންގެ ގާތް ރަހުމަތްތެރިއަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ. 

ލޯރެންސް ބިޝޯނީއަކީ އިންޑިއާގެ ގޭންގެއް ގިންގާ ގުންޑާއެކެވެ. އަދި އޭނާ ވަނީ 'ހަމް ސާތުސާތު ހޭ' ކުޅުނު ދުވަސްވަރު ސަލްމާން ހާން ފުއްލާއެއް މައިރިލި މައްސަލައިގައި، ސަލްމާން ހާން މަރައިލާނެކަމަށް ބުނެ އޭނާ ވަނީ ފާޅުގައި އިންޒާރު ދީފައެވެ. 

މިދިޔަ އަހަރުގެ ތެރޭގައި ސަލްމާން ހާން މަރައިލަން ސްނައިޕަރެއް ވެސް ބިޝޯނީ ފޮނުވިކަމަށް ހަބަރުތައް ފެތުރެއެވެ. އިންޑިއާ ސަރުކާރުން ވަނީ ސަލްމާން ހާން އަށް ފިސްތޯލް ގެންގުޅުމުގެ ހުއްދަ ވެސް ދީފައެވެ. 

ސިދޫ މޫސޭވަލާ މަރައިލި ނުރައްކާތެރި ގުންޑާ ގޯލްޑީ ބްރާރް އަކީ ވެސް ބިޝޯނީ އަށް މަސައްކަތްކުރާ މީހެއްކަމަށްބެލެވެއެވެ. ގޯލްޑީ ބްރާރް ސަލްމާން ހާންއަށް އިންޒާރުދީ ސިޓީ ފޮނުވާފައިވަނީ އިއްޔެއެވެ. 

50%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް