ads
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު (ފޮޓޯ އޮލިމްޕިކް ކޮމިޓީ)
އިންޑިއަން ގްރޯން ޕްރީން ސާއިދަށް އަނެއްކާވެސް ދެ މެޑަލް
އިންޑިއަން ގްރޯން ޕްރީގެ ދެ ވަނަ މުބާރާތުން ހަސަން ސާއިދު ދެ މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު، އިންޑިއަން ގްރޯން ޕްރީގެ ދެ ވަނަ މުބާރާތުން ހޯދީ ރިހި މެޑައްޔަކާއި ލޯ މެޑެއްޔެކެވެ.

އޭނާވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން، އިންޑިއަން ގްރޯން ޕްރީން ރަން މެޑަލް ހޯދާފައެވެ.

އިންޑިއަން ގްރޯން ޕްރީގެ ދެ ވަނަ މުބާރާތުގައި ހޯމަ ދުވަހު، ސާއިދަށް 100 މީޓަރު ދުވުމުން ލޯ މެޑަލް ލިބުނުއިރު، 200 މީޓަރު ދުވުމުން ލިބުނީ ރިހި މެޑަލް އެވެ. މުބާރާތް ކުރިއަށްދަނީ ޓްރިވެންޑްރަމްގައެވެ.

ހޯމަ ދުވަހުގެ ދެ އިވެންޓްގައި ވެސް ވަނަ ކަނޑައަޅާފައިވަނީ ދެ ހީޓުގެ ޖުމްލަ ޓައިމިން އަށް ބަލައިގެންނެވެ. 100 މީޓަރު އިވެންޓްގައި ސާއިދުވަނީ ހީޓުގެ އެއް ވަނަ ހޯދާފައެވެ. އެއީ 10.76 ސިކުންތުން ދުވެގެންނެވެ. ސާއިދަށް ވުރެ ކުރިން ނިންމީ އަނެއް ހީޓުގައި ވާދަކުރި ހަރްޔާނާގެ ސަންޖީތު އާއި އޮޑިޝާގެ އަމިޔާ އެވެ. ސަންޖީތު ވަނީ 10.65 ސިކުންތުން ރޭސް ނިންމައިފަ އެވެ. އަމިޔާގެ ޓައިމިން އަކީ 10.66 ސިކުންތެވެ. ސާއިދާ އެއް ހީޓުގައި ދުވުނު ރާއްޖޭގެ އަހުމަދު ނަޖުދާންގެ ޓައިމިން އަކީ 11.59 ސިކުންތެވެ.

ސާއިދު، 200 މީޓަރު ރޭހުން ދެ ވަނަ ހޯދިއިރު، ވާދަކުރި ހީޓުގެ ވެސް ދިޔައީ ދެ ވަނަ އެވެ. ސާއިދުއާ އެއް ހީޓެއްގައި ވާދަކޮށް، ކެރަލާގެ މުހައްމަދު ރޭސް ނިންމީ 21.54 ސިކުންތުންނެވެ. ސާއިދުގެ ޓައިމިން އަކީ 21.61 ސިކުންތެވެ.

އިންޑިއަން ގްރޯން ޕްރީގައި ވާދަކުރަމުން އަންނަ ސާއިދަކީ އިންޑިއަން ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި އިންޑިއާގެ ބެންގަލޫރުގައި ޓްރެއިނިން ހަދަމުން އަންނަ އެތްލީޓެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް